ށ. ފުނަދޫގައި ބާއްވާ ޔުނިޓީ ކަޕްގެ ގުރުއަތުލުން ބާއްވައިފި!

ކުޅިވަރު ފަހުގެ

ށ. ފުނަދޫގައި ބާއްވާ ޔުނިޓީ ކަޕް 2020 ގެ ގުރުއަތުލުން ބާއްވައިފިއެވެ. ޔުނިޓީ ކަޕް 2020 ގައި މިފަހަރު ވޮލީ އަދި ފުޓްސަލް ދެ ޖިންސަށް އަމާޒުކޮށްގެން ބާއްވައެވެ. މިގުރުއަތުލުން ރޭގައި ބޭއްވީ އެކަމަށް ޚާއްސަ ރަސްމިއްޔާތެއްގައި އެ ރަށުގެ ފުޓްސަލް ދަނޑުގައެވެ. ގުރުއަތުލުން ނަގައި ދެއްވީ، މި ޙަފްލާއަށް ޚާއްސަކޮށް ދަޢުވަތު ދެއްވައިގެން ވަޑައިގެންނެވި ޚާއްސަ ހަތަރު މެހެމާނެކެވެ. އަންހެން ވޮލީ މުބާރާތުގެ ގުރުއަތުލުން ނަގައިދެއްވީ އެސް.ޓީ.އޯ ފާމަސީ އަތޮޅު ޝިފްޓް އިންޗާރޖް ޞަފާ އަޙްމަދުއެވެ. އަންހެން ފުޓްސަލް މުބާރާތުގެ ގުރުއަތު ނަންގަވައިދެއްވީ ފުނަދޫ ސްކޫލްގެ ލީޑިންގ ޓީޗަރ އަޒްމާ އަޙްމަދުއެވެ. ފިރިހެނުންގެ ވޮލީ ގުރުއަތު ނަގައި ދެއްވީ ފުނަދޫ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އިބްރާހީމް ޝަރީފްއެވެ. އަދި ފިރިހެނުންގެ ފުޓްސަލް މުބާރާތުގެ ނަގައިދެއްވީ ފުނަދޫ ސްކޫލްގެ ދިވެހި ޓީޗަރ އާދަމް ޝަރީފްއެވެ. 

އަންހެން ވޮލީ މުބާރާތުގައި ހަތަރު ޓީމަކުން ބައިވެރިވިއެވެ. މި މުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލަށް ދާ ގޮތަށެވެ. އަންހެން ވޮލީގައި ބައިވެރި ޓީމުތަކަކީ: 
ފެލްކަން 
ސޭފް ސެޓްސް 
ކުރެދި 
ފްލައި ބާރޑްސް 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަންހެނުންގެ ފުޓްސަލް މުބާރާތުގައިވެސް ބައިވެރިވީ ހަތަރު ޓީމެވެ. މި މުބާރާތްވެސް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލަށް ދާ ގޮތަށެވެ. މި މުބާރާތުގައި ބައިވެރިވި ޓީމުތަކަކީ : 
ވިޒެންސް 
އެލީޓް ނިންޖާ 
ސެނޮރާސް 
ފްލޮރެންސް 

ފިރިހެން ވޮލީ މުބާރާތުގައި ބައިވެރިވެފައިވާ 07 ޓީމު ވަނީ ދެ ގުރޫޕަކަށް ބަހާލާފައެވެ. ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލްގައި ކުޅެ މޮޅުވާ ދެ ޓީމު ފައިނަލަށ ދާ ގޮތަށެވެ. މި މުބާރާތުގައި ބައިވެރިވި ޓީމުތަކަކަކީ:
ގްރޫޕް އޭ                          
ޕޮލިސް ފެމިލީ                      
ގުޑް އައިޑިއާ                      
ޔަންގް ފޯސް                      
ގަޕީސް 

ގްރޫޕް ބީ 
ސިކްސް އެބްސް 
އުނގަ ވީ.ސީ 
ހުއްރިއްޔާ 

ފިރިހެން ފުޓްސަލް މުބާރާތުގައި 15 ޓީމު ބައިވެރިވެފައެވެ. މި ޓީމުތައް ހަތަރު ގްރޫޕަކަށް ވަނީ ބަހާލާފައެވެ. ކޮންމެ ގުރޫޕަކުން އެއް ވަނަ އަދި ދެ ވަނަ ކުއާޓަރ ފައިނަލަށް ދާނެއެވެ. ކްއާޓަރ ފައިނަލްގެ ހަތަރު މެޗުން މޮޅުވާ ހަތަރު ޓީމު ސެމީއަށް ގޮސް، ފައިނަލްގައި ކުޅޭނީ ސެމީ ފައިނަލް ދެ މެޗުން މޮޅުވާ ދެ ޓީމެވެ. މި މުބާރާތުގައި ބައިވެރިވި ޓީމުތަކަކީ:

ގްރޫޕް އޭ
އުނގަ އެފް.ސީ
ޓިއާމޯ
ހުއްރިއްޔާ
އޯ.އެމް.ޖީ އެފް.ސީ

ގްރޫޕް ބީ
ސްޓެލައަންސް
ހީރޯސް
އަލްފާ ބްރާވޯ
ޕޮލިސް ފެމިލީ

ގްރޫޕް ސީ
ރުއްދަނޑު
ބޭވޮޗް
ގްރޯވް
ވުލްވްސް

ގްރޫޕް ޑީ
ޓަރމިނޭޓަރ
ހީރޯސް ޖޫނިއަރ
ޖަވާރޓްސް

މި ޙަފްލާގައި ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހީމް ފުޅު ވާހަކަފުޅު ދެއްކެވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ރަށުގެ ދެ ޒުވާނެއްގެ އިސްނެގުމާއިއެކު އެ މީހުންގެ ޓީމުން މި މުބާރާތް ރާވާ ހިންގުމަށް ކުރައްވާ ބުރަ އަދި އެހެނަސް ހިތްވަރު ގަދަ މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު ދެންނެވިއެވެ. އަދި މި ދުވަސްވަރަކީ ކޯވިޑް 19 ގެ ބަލިމަޑުކަމުގެ ދުވަސްވަރުކަމަށްވާތީ، މުބާރާތް ބައްލަވަން ވަޑައިގަންނަވާ ސަޕޯޓަރުން ގައިދުރުކޮށް ތިއްބަވައިގެން ސަޕޯޓުކުރުމަށާއި، މުބާރާތް އަމާން އޮމާން މާޙައުލެއްގައި ކުރިއަށް ގެންދިއުމަށް ކައުންސިލްގެ ރައީސް އިލްތިމާސް ކުރެއްވިއެވެ. އަދި ފަހު ވާހަކަފުޅެއްގެ ގޮތުގައި ފާހަގަކުރެއްވީ މި މުބާރާތުގައި ކައުންސިލްގެ ބައިވެރިވުން މިއަހަރު ނެތްކަމުގައިވީނަމަވެސް ދެން ޔުނިޓީ ކަޕެއް ށ. ފުނަދޫގައި ބާއްވާއިރު، ކައުންސިލް މެންބަރުންގެ ގޮތުގައި މިހާރު މިތިއްބެވި ބޭފުޅުން ތިއްބަވާ ކަމުގައި ވަނީނަމަ، ރަސްމީ ހައިސިއްޔަތަކުން މި މުބާރާތް އިންތިޒާމް ކުރުމުގައި ކައުންސިލްގެ ފަރާތުން ބައިވެރިވާނޭކަމަށެވެ. މި ޙަފްލާގައި ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހީމް ފުޅު ވާހަކަފުޅު ދެއްކެވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ރަށުގެ ދެ ޒުވާނެއްގެ އިސްނެގުމާއިއެކު އެ މީހުންގެ ޓީމުން މި މުބާރާތް ރާވާ ހިންގުމަށް ކުރައްވާ ބުރަ އަދި އެހެނަސް ހިތްވަރު ގަދަ މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު ދެންނެވިއެވެ. އަދި މި ދުވަސްވަރަކީ ކޯވިޑް 19 ގެ ބަލިމަޑުކަމުގެ ދުވަސްވަރުކަމަށްވާތީ، މުބާރާތް ބައްލަވަން ވަޑައިގަންނަވާ ސަޕޯޓަރުން ގައިދުރުކޮށް ތިއްބަވައިގެން ސަޕޯޓުކުރުމަށާއި، މުބާރާތް އަމާން އޮމާން މާޙައުލެއްގައި ކުރިއަށް ގެންދިއުމަށް ކައުންސިލްގެ ރައީސް އިލްތިމާސް ކުރެއްވިއެވެ. އަދި ފަހު ވާހަކަފުޅެއްގެ ގޮތުގައި ފާހަގަކުރެއްވީ މި މުބާރާތުގައި ކައުންސިލްގެ ބައިވެރިވުން މިއަހަރު ނެތްކަމުގައިވީނަމަވެސް ދެން ޔުނިޓީ ކަޕެއް ށ. ފުނަދޫގައި ބާއްވާއިރު، ރަސްމީ ހައިސިއްޔަތަކުން މި މުބާރާތް އިންތިޒާމް ކުރުމުގައި ކައުންސިލްގެ ފަރާތުން ބައިވެރިވާނޭކަމަށެވެ. 

ޔުނިޓީ ކަޕް ހިންގުމުގައި “ހެލޯ” ޝޮޕްގެ ފަރާތުން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް އެ ފަރާތުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުމެއް ވަނީ އަރުވާފައެވެ. މި ޙަފްލާ ނިންމާލާފައިވަނީ ގެވެށި އަނިޔާ އާއި ދެކޮޅަށް ޖެންޑަރ މިނިސްޓްރީގެ ފަރާތުން މަޢުލޫމާތު ދިނުމަށް ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އެވެ. ޖެންޑަރ މިނިސްޓްރީގެ ފަރާތުން ފަށާފައިވާ “ގެވެހި ގުޅުން” ކެމްޕެއިނަކީ މި މުބާރާތުގެ ކޯ ސްޕޮންސާރ އެވެ. 

ޔުނިޓީ ކަޕްގެ މެޗު ޝެޑިއުލްތައް ބައްލަވާލެއްވުމަށް މި ލިޔުމަށް ފިއްތަވާލައްވާ

ފޮޓޯ : ޔުނިޓީ ކަޕް ފޭސްބުކް ޕޭޖް 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ