ހެނބަދޫން މީހަކު ގެއްލިގެން ހޯދަނީ

ޚަބަރު ފަހުގެ

ނ. ހެނބަދޫން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަނީ އެ ރަށު ކުންނާރުގޭ އިބްރާހީމް ރާމިޒް، 28، ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އޭނަ އަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައި ވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. ރާމިޒް އެންމެ ފަހުން ފެނިފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި އޭރު ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެއް މކަމަށް އާއިލާގެ މީހުންނާ ހަވާލާދީ ފުލުހުން ބުންޏެވެ. އަދި އިއްޔެގެ ވަގުތެއްގައި އޭނާ ކެނޯ އެއްގައި އެކަނި ކަނޑުމައްޗަށް ނުކުތީ ކަމަށް ބެލެވޭ ކަމަށް ރާމިޒްގެ އާއިލާ އިން ބުނެފައިވެ އެވެ.

އެހެންވެ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ 9311499 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން އެދިފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ