ނިމިދިޔަ ހަފްތާގައި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ 771 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ނިމިދިޔަ ހަފްތާގައި ރާއްޖެއިން އެންމެ ގިނައިން މީހުން ޕޮޒިޓިވްވެފައި ވަނީ އަތޮޅުތަކުންނެވެ. އެގޮތުން އަތޮޅުތަކުން ޖުމްލަ 304 މީހަކު ވަނީ ނިމިދިޔަ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
އެޗްޕީއޭ އިން ބުނީ ނިމިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 192 މީހުން ކަމަށެވެ.
ނިމިދިޔަ ހަފްތާގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންނާއެކު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 183،491 އަށް އަރައިފައެވެ. މިބަލި ޖެހިގެން 31 މީހަކަށް އަންނަނީ ހޮސްޕިޓަލުތަކާއި ކޮވިޑް ފެސިލިޓީތަކުގައި ފަރުވާ ދެމުންނެވެ.
ރާއްޖެއިން މިބަލީގައި 307 މީހަކު ނިޔާވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.


