އަންނަ އާދިއްތަ ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްއަށް ވިޔަފާރިކުރަން އަންނަ ފަރާތްތަކުގެ އަތުން ކޮތަޅަށް އަގު ނަގާނެކަމަށް އެސްޓީއޯއިން ބުނެފިއެވެ.
މިއީ ޕްލާސްޓިކަށް ނޫނެކޭ ބުނުމުގެ މަޤްސަދުގައި އެސްޓީއޯއިން ފަށާފައިވާ މަސައްކަތެކެވެ. ޕްލާސްޓިކް ކޮތަޅަށް ނޫނެކޭ ބުނުމުގެ ސިޔާސަތުގެ ދަށުން އެސްޓީއޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެސްޓީއޯއިން ބުނީ 17 ވަނަ ދުވަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުން 2.5 ރުފިޔާ އަދި ކަރުދާސް ކޮތަޅުން 2 ރުފިޔާގެ އަގެއް ނަގާނެކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ވިޔަފާރިކުރަން އަންނައިރު ތިމާވެއްޓާ ރަހުމަތްތެރި ފޮތި ކޮތަޅު ނުވަތަ “ޓޯޓް ބޭގް” ގެނައުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.


