ދިރުވާލައިގެން ރާއްޖެ އަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

ޚަބަރު ފަހުގެ

ދިރުވާލައިގެން ރާއްޖެ އަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިިއަދު ބުނީ މި މިދިޔަ މަހުގެ 28 ގައި ރާއްޖެ އައި ދެ މީހެއްގެ އެތެރެހަށީގައި ރައްކާކޮށްގެން ވައިގެ މަގުން އިތިއޯޕިއާ އިން އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބަރުދަނުގައި 2.328 ކިލޯހުރި ކަމަށެވެ. އެ ތަކެތީގެ މަގުމަތީގެ އަގު 8،100،000ރ. އަށް އަރަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ތަކެތި އެތެރެކުރަން އުޅުނު ދެ މީހުންނަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ 41 އަހަރުގެ ދެ ފިރިހެނުންނެވެ. ކަސްޓަމްސް އިން ބުނި ގޮތުގައި އެ ދެ މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި ފެނުނީ އެ މީހުންގެ އަމަލުތައް ހުރި ގޮތުން ސްކޭންކުރުމުން ކަމަށެވެ. ދެ މީހުންގެ ހަށިގަނޑުން ޖުމްލަ 220 ބްލެޓް ނަގާފައިވާ އިރު، އެއީ ކޮކެއިން އެވެ.

އެ ތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ