ށ. ޅައިމަގު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ ފަގީރާ ފުޓްސަލް ޗެލެންޖު 2022 އިއްޔެ ފަށައިފިއެވެ.
މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ސަގާފީ ހަރަކާތްތަކާއެކު ކުރިއަށް ގެންގޮސްފައިވާއިރު މުބާރާތް ޝަރަފްވެރި ކޮށްދެވީ ށ. އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ހަމީދުއެވެ.
މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ މުޑަހަދި އެފްސީ އާއި އަރާދުވާ އެވެ. މިމެޗު 5-1 ކާމިޔާބު ކުރީ މުޑަހަދި ޓީމުންނެވެ. އެޓީމުގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އަހުމަދު ސުމާދު، ހަސަން ޚަލީލް، އަހުމަދު އާރިފެ އަދި
އަބްދުﷲ ނާސިރުއެވެ. އަހުމަދު ސުމާދު ވަނީ 2 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަރާދުވާގެ ހަމަ އެކަނި ލަނޑު ޖަހައި ދިނީ އަލީ މާހިރެވެ.
ދެވަނަ މެޗުގައި ވާދަކުރީ ޅިޔަނު އެފްސީ އާއި ޓީމް ޖަޒީރާ އެވެ. މިމެޗު 3-1 ކާމިޔާބު ކުރީ ޅިޔަނު އެފްސީ އެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހިމް ނައުމޫން، އާދަމް ނަމީ އަދި
މުހައްމަދު ފަސެލް އެވެ. ޓީމް ޖަޒީރާ ހަމައެކަނި ލަނޑު ޖެހީ މުހަންމަދު އަލީފް އެވެ.
ތިންވަނަ މެޗުގައި ވާދަކުރީ ވޮލްވްސް އެސް.ސީ އާއި މިނިއަންސްއެވެ. މިމެޗު 11 ލަނޑުން ކާމިޔާބުކުރީ ވޮލްވްސް އެސް.ސީ އެވެ. އެ ޓީމްގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ މުހައްމަދު އިރުޝާދޫ، އިބްރާހިމް އަރީފް، ޝަބްދާ އަބްދުލް ނާސިރު، އިބްރާހިމް ފަޔާޒްއެވެ. މުހައްމަދު އިރުޝާދޫ 5 ލަނޑު ކާމިޔާބު ކޮށްދީފައި ވެއެވެ. މިނިއަންސްގެ އަބްދުﷲ ނިހާން ފަރާތުން ބައިކޮޅަށްވެސް ލަނޑެއް ވަދެފައި ވެއެވެ.
މިއަދުވެސް މި މުބާރަތު 3 މެޗު ކުޅޭނެއެވެ. ހަވީރު މެޗުގައި ބައްދަލު ކުރާނީ
ޓީމް ޖަޒީރާ އާއި ވޮލްވްސް އެސް.ސީ އެވެ. ދެވަނަ މެޗުގައި 20:45 ވާދަކުރާނީ އަރާދުވާ އާއި ޅިޔަނު އެފްސީ އެވެ. ތިންވަނަ މެޗުގައި 21:45
އެފް.ސީ ވައިލެޓް ސްޓާ އާއި މުޑަހަނދި އެފްސީއެވެ.


