އަސްކަރީ ޕެރޭޑުގައި މިއީ ކޮން މާއްޔެއް؟

ޚަބަރު ރަންގަލަން އަރކައިވް ފަހުގެ

ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމީ ދިފާއީ ބާރުން އިއްޔެ ހަވީރު ވަނީ މާލޭގައި އަސްކަރީ ޕެރޭޑެއް ބާއްވައިފަ އެވެ.

އެ ޕެރޭޑު ބަލަން ގިނަ ބަޔަކު މަގުތަކަށް ޖަމާވި އިރު، އާންމުންނާއި ކުޑަކުދިން އެންމެ ގަޔާވި އެއް ކަމެއްގެ ގޮތުގައި ފާހަގަވީ “މާއްޔެއް” ގެ ގޮތުގައި ފެނުނު ސިފައިންގެ އޮފިސަރަކެވެ. ނަމަވެސް އެއީ ދިވެހި އަސްކަރިއްޔާގެ މުހިންމު ބާރެއްގެ، މުހިންމު މެންބަރެކެވެ.

އިޝްތިހާރު
އިޝްތިހާރު

އެއީ މާއްޔެއް ނޫނެވެ! އެއީ ސްޕެޝަލް ފޯސަސްގެ މެންބަރެކެވެ. އަދި އޭނާ ލައިގެން ހުރީ ކެމަފްލާޖް ސްނައިޕާ ސްއިޓެކެވެ. އަދި މިއީ ދިވެހި އަސްކަރިއްޔާގެ ޕެރޭޑެއްގައި ސްނައިޕަރުންނާއި ސްނައިޕަރުންގެ ހަތިޔާރު ސިސްޓަމް ދައްކާލި ފުރަތަމަ ފަހަރެވެ.

އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއަކީ ކައުންޓާ ޓެރަރިޒަމް، ހޮސްޓެޖް ރެސްކިޔު، އެންޓި ހައިޖެކިން އަދި މި ނޫންވެސް ގައުމީ އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ހިންގަންޖެހޭ ސްޕެޝަލައިޒްޑް އަދި ޕްރެސިޝަން އޮޕަރޭޝަންތައް ހިންގުމަށް ދިވެހި އަސްކަރިއްޔާގައި ގާއިމުކޮށްފައިވާ އަސްކަރީ އިސްތިރާޖީ ބާރެކެވެ.

ސްނައިޕަރުން ފަދަ ގާބިލުކަން އަސްކަރިއްޔާއަށް ހޯދުމަކީ މި ޒަމާނުގައި ހައިބްރެޑް ތްރެޓްތަކާ ދެކޮޅަށް ހަރަކާތްތެރިވުމުގައި ވަރަށް މުހިންމު ގާބިލުކަމެކެވެ.

އަދި އެ އޮފިސަރު މާއްޔެއްގެ ގޮތުގައި ފެނުނު ނަމަވެސް، އެއީ ހަނގުރާމައިގެ ފަންނާއި ބަޑިޖެހުމުގެ އެންމެ މަތީ ފެންވަރުގެ ހުނަރުވެރިކަމާއި ގާބިލުކަމާއެކުގައި ނޫނީ ލެވޭނެ ހެދުމެއް ނޫންނެވެ.

ނޯޓް: މައުލޫމާތު ނަގާފައި ވަނީ ޢަބަދުﷲ ސަޢީދު ފޭސްބުކްގައި ލިޔުއްވާފައިވާ ލިޔުމަކުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ