ރާއްޖެ އާއި އިންޑިއާ ދެމެދު 6 އެއްބަސްވުމެއްގައި ސޮއިކޮށްފި 

ޚަބަރު ފަހުގެ

ރާއްޖެ އާއި އިންޑިއާ އާއި ދެމެދުގައި ހަ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އިންޑިއާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ހަ ދާއިރާއަކުން ދެ ގައުމުގެ ގުޅުން ބަދަހި ކުރަން މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ލާމަރުކަޒީ ގާނޫނޫގެ ދަށުން ކައުންސިލްތަކުގެ ބާރު އިތުރުކުރުމަށް އިންޑިއާއިން އެހީ ފޯރުކޮށްދޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލްއެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ރޫރަލް ޑިވެލޮޕްމަންޓް މިނިސްޓަރު ގިރިރާޖް ސިންގްއެވެ.

ރާއްޖޭގެ ސައިބާ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލްއެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ރެއިލްވޭސް އާއި ބެހޭ މިނިސްޓަރު އަޝްވިނީ ވަންޝްނާވްއެވެ.

މަސްވެރިކަމާ ބެހޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ދުނިޔެ އާއި ސައިންސް އާއި ބެހޭ މިނިސްޓަރު ޑރ. ޖިތެންދުރާ ސިންގްއެވެ.

ކާރިސާތަކުން އަރައިގަތުމަށް ރާއްޖެއަށް އެހީވުމާ ގުޅޭގޮތުން ވި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރްއެވެ. އަދި އިންޑިއާގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރުއެވެ.

ޕޮލިސް އިންފްރާ ސްޓަކްޗާ ވަރުގަދަކުރުމާއި ގުޅޭ އެއްބަސް ވުމުގައި ސޮއިކުރެއްވީ ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދުއެވެ. އަދި އިންޑިއާގެ ފަރާތުން ސޮއި ކުރެއްވީ އެގްޒިމް ބޭންކުގެ އެމްޑީ ހަރްޝާ ބަންގާރީއެވެ.

އަދި 2000 ހައުސިން ޔުނިޓް އެޅުމަށް ލޯނު ނެގުމުގެ އެއްބަސް ވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރްއެވެ. އަދި އިންޑިއާގެ ފަރާތުން ސޮއި ކުރެއްވީ އެގްޒިމް ބޭންކުގެ އެމްޑީ ހަރްޝާ ބަންގާރީއެވެ.

ރައީސް ސޯލިހް އިންޑިއާއަށް މިހާރު ކުރައްވަމުންދާ ޒިޔާރަތުގައި މިއަދު ވަނީ ވިލިމާލެ ބްރިޖްގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވައިފައެވެ. އަދި އޭގެ އިތުރުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހި ކުރުން ގިނަ މަޝްވަރާތަކެއް މި ދަތުރުފުޅުގައި ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ