ރާއްޖޭގައި މަރަށް މަރު ހިފަން ޖެހޭ – ރައީސް ޔާމީން

ފަހުގެ ސިޔާސީ

ރާއްޖޭގައި މަރަށް މަރު ހިފަން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.


ރޭ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެމަނިކުފާނު ވިދާޅުވީ، މަރަށް މަރުހިފުން ތަންފީޒު ކުރަން ޖެހޭ ކަމަށް “ޕެފަޝޭނޭޓްލީ” ގަބޫލު ކުރާ ކަމަށެވެ.

“އެއީ އަޅުގަނޑު ޕެޝޮނެޓްލީ ގަބޫލު ކުރަން މަރަށް މަރު ހިފަން ޖެހޭ ކަމަށް”

އެކަމާއި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކަށް ބަދަލެއް ނާންނަކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“އެއީ އަޅުގަނޑަށް އެކަނި ނިންމާ ކަމެއް ނޫން، ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއަކުވެސް އޮންނަނީ ކޮންމެ ކަމެއް ނިންމަން ވާނީ ކެބިނެޓް އާ ވާހަކަދައްކާފައި ކެބިނެޓްގެ މަޝްވަރާގެ މަތިންނޭ، އަޅުގަނޑު އެއިރު ކެބިނެޓްއަށް މައްސަލަ ގެންދިޔައީ،”.

ރައީސް ޔާމީން ވިދާޅުވީ، “އަޅުގަނޑު ޕާސަނަލީ ވިތް ސްޓްރޯންގް ކޮންވިކްޝަން ގަބޫލު ކުރަން ގިސާސް ހިފަން ޖެހޭނެ ކަމަށް”.

އެއިރުން ރާއްޖޭގައި މިހިނގާ ބޮޑެތި މާރާމާރީއަށް ކޮންމެވެސް ވަރެއްގެ ނިމުމެއް އަންނާނެ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވަައެވެ. އަދި ތަކުރާރުކޮށް އެމަނިކުފާނު ވަނީ އެކަމުގައި އެމަނިކުފާނު ދެކޭ ގޮތަކަށް ބަދަލެއް ނާންނަ ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ، މަރަށް މަރު ހިފުމަށްޓަކައި ޗެމްބަރެއްވެސް ދޫނިދޫގައި ތައްޔާރުކޮށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.

“އެހެން ނަމަވެސް މަރު ހިފުމަކީ އެހާ ޝައުގުވެރިވާ ކަމެއް ކަމުގައިވަނީނަމަ، ޑޮކްޓަރަކަށްވެސް ޕޭޝަންޓެއް ފަޅާލަން ލިބޭނީ، ޕޭޝަންޓަކު ލިބުނީމަ ނޫންތޯ ދެއްތޯ، އެހެންވީމަ ސުޕްރީމް ކޯޓުން މަރުގެ ހުކުމެއް ތަންފީޒު ކުރާ ހިސާބަށް ދިޔައީމަ ދެއްތޯ، ރައީސް ޔާމީން ކަމެއް ނުކޮށް ދޫކޮށްލީ ނޫންތޯ”.

މި މޭރުމުން އިތުރަށް ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ ރާއްޖޭގައި ތަހުގީގުތައް ކުރެވޭ ގޮތާއި ގުޅޭގޮތަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގައި ކުރެވޭ ޖިނާއީ ތަހުގީގުތަކާއި ދޭތެރޭގައި ރައްޔިތުންގެ އެއްވެސް ކަހަލަ އިތުބާރެެއް އޮތްތޯ ސުވާލު އުފެެއްދެވިއެވެ.

“ގިސާސްއަކީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނަމަވެސް، ރާއްޖޭގައި ޖިނާއީ ތަހުގީގުތަކުގެ ފޭރާމެއް އަޅުގަނޑު ގަބޫލެއް ނުކުރަމޭ، ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭ، ހަމަ އެއާއެކީ ފަނޑިޔާރުންގެ ވިސްނުންފުޅާއި، ފަނޑިޔާރުން ކަންކަން ނިންމަވާއިރު ޕްރެކްޓިސް ކުރައްވާ ގޮތާއި، ގާނޫނު އެޕްލައި ކުރައްވާ ގޮތާއި، އަނެއްކާ މިހާ ބޮޑު މައްސަލައެއްގައި އެކަން ކުރައްވާނެ ގޮތާއި ދޭތެރޭގައި ހަމަ ވަރަށް ޑިޒަޔަރަބަލް އިތުރު ކަންތައް އެބަހުރި އެބޭފުޅުންގެ ތެރެއިން ބޭނުންވާ ކަންތައްތައް”. ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ގިސޯސްގެ ކަންކަން ފެށެނީ ވަރަށް ގިނަބަޔަކު ސޮއިކޮށް، ރައީސް އާ ހަމައަށް އަންނަ ފަހުން ކަމަށާއި، އެއީ އެއްވެސް ގޮތަކަށް އެހާ ހިސާބަށް ކަންތައް ގެންގޮސް “އެބެންޑަން” ކޮށްފައި އޮތް ކަމެއް ނޫން ކަމަށެވެ. އެއީހިތުގެ އޮޕަރޭޝަނެއް ކުރުން ކަހަލަ ފަސޭހަ ކަމެއްވެސް ނޫން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

އަދި ރާއްޖޭގައި 60 އަހަރު ތެރޭގައި ނުކޮށް އޮތް ކަމެއް ކުރާއިރު، ވަރަށް ގިނަ އިޖުރާއީ ކަންތައްތަކެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.


“ވަރަށް ގިނަ ކަންތައްތަކެއް ކުރެވުނު، އަނެއްކާ މި ކަންތައްތަކުގެ ތެރޭގައި މީހެއްގެ މަރު ހިފާއިރު، ހިފާ ގޮތް އެވެސް ވާން ޖެހޭ ހިއުމޭން ކަމަކަށް، އެންމެ ހިއުމަން ކަމަކަށް ފެނުނީ ލީތަލް އިންޖެކްޝަން. އެ މިހާ ދުނިޔެއާ އަލްވަދާއު ކިޔާއިރު، އެކަން ކުރެވެން މި ޖެހެނީ އެންމެ އިންސާނިއްޔަތަށް ވިސްނާފައި، އެންމެ އިންސާނިއްޔަތަކަމާއި އެއްކޮށް”. ޔާމީން ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ