ޝިއާއުގެ ކަށުނަމާދު މިރޭގެ އިޝާ ނަމާދަށް ފަހު ފުވައްމުލަކުގައި ބޭއްވުމަށް ނިންމައިފި

ޚަބަރު ފަހުގެ

ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭގެ އިޝާ ނަމާދަށް ފަހު ފުވައްމުލަކުގައި ބޭއްވުމަށް ނިންމައިފިއެވެ.

ޝިއާއުގެ ޖަނާޒާ، އޭނާގެ އުފަން ރަށުގައި ބާއްވަނީ އާއިލާއިން އެދިގެންނެވެ. މިއަދުގެ ހަވީރުގެ ވަގުތެއްގައި ޝިއާއުގެ ހަށިގަނޑު ފުވައްމުލަކު ސިޓީއަށް ގެންދާނެކަން އެނގިފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

އުމުރުން 22 އަހަރުގެ ޝިއާއުގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ ފުވައްމުލަކު ސިޓީގައި ހުންނަ “މަސްޖިރުލް އިރާނާ” ބޯޅަ މިސްކިތުގައެވެ.

މި މަހުގެ 11 ވަނަ ދުވަހު ޕޯސްޓު މޯޓަމް ހެދުމަށް ޝިއާއުގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމަށްފަހު ރޭގެ ވަގުތެއްގައި ވަނީ ރާއްޖެ ގެނެސްފައެވެ. ފުލުހުން މިއަދު ބުނީ، ޕޯސްޓް މޯޓަމްގެ ނަތީޖާ ލިބޭނެ ސީދާ ތާރީހެއް ބުނަން އަދި ދަތިކަމަށެވެ. އަދި މި މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ޝިއާ 22، މަރާލި މައްސަލައިގައި ފ. ނިލަންދޫ އަލީ ޝާހިލް ހައްޔަރު ކުރީ ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާއިންނެވެ. ޝިއާގެ ހަށިގަނޑު ފެނިފައި ވަނީ އެ އެޕާޓްމަންޓް ތެރެއިންނެވެ. މި މައްސަލައިގައި ޝާހިލް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އާދިއްތަ ދުވަހު ނިންމައިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ