ހާދަހައި ބިރުގަނެޔޭ!
ޢަބުދުއްރަޙީމް ޢަބުދުއްރަޙްމާން، އަލިމަސްވިލާ / ހއ. އުތީމު
ހިނގާތީ ޤައުމު އެތެރެގައި ހުތުރުފާޙިޝްވިހާޢަމަލެއް
ހިނގާތަން ފެންނަމުންދާތީ ތެދޭ އަދުހާދަ ބިރުގަނެޔޭ
ކަލާނގެނަހީ ކުރައްވާފައި އެވާހުރިހާ ހުތުރުޢަމަލެއް
ބަލާލުމަކާ ނުލާވިގޮތަށް ކުރާތަންފެނި ހާދަބިރުގަނެޔޭ
ލިވާތުކުރުން، ސިޙާގުކުރުން މިޒާތުގެހާނުބައި ޢަމަލެއް
ދިމާއަށްފާޅުގާކުރަމުން މިއަދުދާތީ ހާދަ ބިރުގަނެޔޭ
އެކީއެއްޖިންސު ހިމެނޭހެން އެކީއެކަހެރިވެ އަދުތިބެގެން
އެކީގަތިޔަ އުޅޭގޮތަކުން މިއަދުސަހަރޯ ހާދަބިރުގަނެޔޭ
މަތީސަފުގައި ތިބޭމީހުން އޮތީމިކަމުގެ ސަޤާފަތުގައި
ނަތީޖާފެން ނަމުންދާގޮތް ހިތަށްފެނި ހާދަ ބިރުގަނެޔޭ