ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅަށް ހުޅުވާލައިގެން ބާއްވާ ވޮލީ ބޯޅަ މުބާރާތް ހޯސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި އަހަރުގެ އޮކްޓޫބަރު މަހު ކުރިއަށް ގެންދިޔުމަށް ތާވަލުކޮށްފައިވާ މި މުބާރާތް ހޯސްޓް ކުރުމުގެ ފުރުޞަތު ހދ. އަތޮޅުގެ ސިޓީ/ރަށު ކައުންސިލް އިދާރާތަކަށާއި ރަޖިސްޓްރީކޮށްގެން ހިންގާ ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ ވިޔަފާރިތަކަށާއި ކްލަބް ޖަމިއްޔާތަކަށް ވަނީ ހުޅުވާލާފައެވެ.
މުބާރާތް ހޯސްޓް ކުރުމަށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 28 އޮގަސްޓް 2022 ފެށިގެން 06 ސެޕްޓެންބަރ 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 އާއި ހަމައަށް އެ ކައުންސިލަށް ވަޑައިގެން ނުވަތަ އެ ކައުންސިލްގެ ނަމްބަރަށް 6521633 ގުޅުއްވައި ރަޖިސްޓަރީ ކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.
ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ޝީޓް ފޮނުވުމަށް ހަމަޖެހިފައިވާއިރު، މުބާރާތް ހޯސްޓް ކުރުމާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 04 ސެޕްޓެންބަރ 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގައި އެ ކައުންސިލް އިދާރާގައެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހަމައެކަނި ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް އެކަނި ދިނުމަށް ނިންމާފައިވާއިރު، ޕްރޮޕޯސަލްތައް ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 08 ސެޕްޓެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އެ އަތޮޅު ކައުންސިލްގެ އިދާރާގައެވެ.


