އެމްޓީސީސީން ހއ. ބާރަށުގައި ތަރައްގީ ކުރާ ފެރީ ހަޓްގެ މަސައްކަތްތައް ނިންމައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ، އެ މަސައްކަތަކީ “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ޒޯން 1 ގައި ޤާއިމު ކުރާ ފެރީ ސްޓޮޕްތަކުގެ ތެރޭ ހިމެނޭ މަސައްކަތެއް ކަމަށެވެ. ފެރީ ހަޓްގެ މަސައްކަތް ނިމިފައިވާއިރު، އެ ފެރީ ސްޓޮޕްގައި ކިއޮސްކަކާއި، ވެއިޓިންގ އޭރިއާއަކާއި ޔުނިވަރސަލް ޓޮއިލެޓެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އާރުޓީއެލް ފެރީގެ ނިޒާމުން މުޅި ރާއްޖެ ގުޅާލުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަޝްރޫއުގެ ދަށުން ޒޯން 1ގައި ހިމެނޭ ހުރިހާ ރަށަކަށް ހައި ސްޕީޑް ފެރީގެ ޚިދުމަތް މިހަފްތާގެ ތެރޭގައި ފެށިގެންދާނެ އެވެ.
މި މަޝްރޫއުގެ ދަށުން ފެރީގެ ޚިދުމަތް ދޭ ފެރީތައްވެސް ބަންނަމުންދަނީ އެމްޓީސީސީންނެވެ.


