ލަންދޫ ބޯޓު ފަރަކަށް އަރާ އަޑިއަށް ހިނގައްޖެ 

ޚަބަރު ފަހުގެ

މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ “ލަންދޫ ބޯޓު” ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ އެ ބޯޓު ފަރަށް އެރި ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ މިއަދު ހެނދުނު 11 ޖަހާކަށްހާއިރު ކަމަށެވެ. އަދި ބުނީ ފަރަށް އެރި ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގާފަރު މީހުންގެ އިތުރުން އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އެހެން އުޅަނދުތައް ވެސް ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމްއެންޑީއެފް އިން ބުނީ އެ ބޯޓުގައި ގިނަ އަދަދެއްގެ ބަޔަކު ތިބި ކަމަށެވެ. އެ މީހުން ގާފަރަށް ބާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އެ ބޯޓުގައި ގިނައިން ތިބީ ދިވެހިންނެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯ އާއި ވީޑިއޯތަކުން ފެންނަނީ އެ ބޯޓު އަޑިއަށް ގޮސްފައިވާ ތަނެވެ. އެ ބޯޓުގައި ގިނަ އަދަދެއްގެ ގޭސް ފުޅި ހުއްޓެވެ. އެތަކެތި އޮޔާދާތަން ވެސް ވީޑިއޯއިން ފެނެއެވެ.

މި ދުވަސްވަރަކީ ރާއްޖެ އަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެންކަމުން ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ