ހދ.އަތޮޅު ޤުރުއާން މުބާރާތް 1444 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަފިއެވެ.
ހދ އަތޮޅު ކައުންސިލުން ބުނީ އޮކްޓޫބަރ 6 ން ފެށިގެން 8 ވަނަދުވަހުގެ ނިޔަލަށް ހދ.ނޮޅިވަރަމުގައި ބާއްވާ ހދ.އަތޮޅު ޤުރުއާން މުބާރާތް 1444 ގައި ބައިވެރިވުމުގެ ފުރުސަތު ހދ ހުރިހާ ރަށަކަށް ހުޅުވާލާ ކަމަށެެވެ.
މި މުބާރާތް ކުރިއަށް ގެންދަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ކެޓަގަރީއެވެ. ކެޓަކަރީތައް ބަހާލާފައިވަނީ ކީ ސްޓޭޖް ތަކަށެވެ.
ހދ. އަތޮޅު ކައުންސިލުން މައުލޫމާތު ދޭ ގޮތުން ކޮންމެ ރަށަކުންވެސް ގިނަވެގެން ކެޓަގަރީއެއްގައި ބައިވެރި ކުރެވޭނީ 8 ދަރިވަރުންނެވެ. އަދި މުބާރާތުގެ ބައިވެރިވުމުގެ ސުންގަޑިއަކީ 15 ސެޕްޓެމްބަރ 2022 ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.
މުބާރާތާ ގުޅޭ ގޮތުން ކަމެއް އިތުރަށް އޮޅުން ފިލުވަން ބޭނުންވާ ފަރާތްތަަކުން 6521633 ގުޅުމަށްވެސް އެ އަތޮޅު ކައުންސިލުން އެދެއެވެ.


