“ތަންތަނަށް އެއްވަންޏާ ހައްޖަށް ދާންވީނޫންތޯ”އޭ ވިދާޅުވެވުނު ހަނދުމަފުޅެއް ރައީސް ޔާމީން ނުވޭ

ފަހުގެ ސިޔާސީ

“ތަންތަނަށް އެއްވަންޏާ ހައްޖަށް ދާންވީނޫންތޯ”އޭ ވިދާޅުވެވުނު ހަނދުމަފުޅެއް ނުވާކަމަށް، ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީންވަނީ ތަންތަނަށް އެއްވުމާ ދެކޮޅަށް ވާހަކަފުޅުދައްކަވާފައެވެ. އަދި މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވަނީ “ތަންތަނަށް އެއްވަންޏާ ހައްޖަށް ދާންވީނުންތޯ”އޭ ވިދާޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެންނަމަވެސް ހުކުރު ދުވަހުގެ ރޭ ސަންގު ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވަނީ، އެފަދައިން ވިދާޅުވެވުނުކަމުގެ ހަނދުމަފުޅު ނެތްކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ، ތަނަކަށް އެއްވާނަމަ އެއްވާނެ ތަންތަން ކަނޑައަޅުއްވައިދެއްވިކަމަށާއި، އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން އެތަންތަނަށް އެއްވެފައިވޭނޫންތޯއޭ ވިދާޅުވެފައެވެ.

ޔާމީން ވިދާޅުވީ މީހުން އެއްވާ ސަރަހައްދުތަކަށް ފުލުހުން ދަނީ އެތަނެއްގެ ހަމަޖެހުން ނަގާލައިފިކަމަށްވާނަމަ ކަމަށެވެ. އަދި ގާނޫނާ ޚިލާފު ކަންތައްތަކެއް ނުހިނގާނަމަ ފުލުހުން އެ އެއްވުން ހުއްޓުވައެއް ނުހަދާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރުން މުޒާހަރާކުރަން ޖާގަ ދޭ މިންވަރަށްވުރެ ބޮޑަށް އެމަނިކުފާނުގެ ސަރުކާރުން މުޒާހަރާކުރުމަށް ފުރުސަތު ދީފައިވާނެކަމަށް ޔާމީން ވިދާޅުވިއެވެ. އޭރު ރައީސް އޮފީސް ކައިރީގައި މުޒާހަރާކުރުމުގެ ފުރުސަތުވެސް ދީފައިވާނެ ކަމަށާއި، އެހެންނަވެސް މިހާރު އެ ފުރުސަތުވެސް ނޯންނަކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ