ތޮއްޑޫ ސްކޫލުގައި މިއަހަރު 11 ކިޔަވަން އަންނަ އެހެން ރަށްރަށު ދަރިވަރުންގެ ހަރަދުތައް ކައުންްސިލުން ދެނީ

ޚަބަރު ފަހުގެ

އއ. ތޮއްޑޫ ސްކޫލުގައި މިއަހަރު 11 ކިޔަވަން ރަށަށް އަންނަ އެހެން ރަށްރަށު ދަރިވަރުންގެ ހަރަދުތައް އެ ރަށު ކައުންްސިލުން ދޭން ނިންމައިފި އެވެ.

ތޮއްޑޫ ކައުންސިލުން ބުނީ، މިއަހަރުވެސް އެރަށު ސްކޫލުގައި މަތީ ސާނަވީއަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާތީ، ތޮއްޑޫ އަށް އެހެން ރަށްރަށުން ކިޔަވަން އަންނަ ކުދިންނަށްވެސް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިގޮތުން އެރަށަށް 11 ކިޔަވަންް ދާ ދަރިވަރުންގެ ހުރުމާއި، ކެއުމުގެ އިތުރުން ފައިސާގެ އިނާޔަތެއް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. ކައުންސިލުން ބުނީ، އެ ހަރަދު އެ ދަރިވަރެއްގެ ކިޔެވުން ނިމެންދެން ހަމަޖައްސާދޭނެ ކަމަށެވެ. އަދި ތޮއްޑޫގެ ދަރިވަރުންނަށްވެސް ފައިސާގެ އިނާޔާތް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

އެހެންކަމުން އެރަށުގައި މިއަހަރު 11 އަށް ކިޔަވަން ބޭނުންވާ ދަރިވަރުން 9166166 އަށް ގުޅައި މައުލޫމާތު ސާފުކުރުމަށް ކައުންސިލުން އެދެއެވެ. 

އޭލެވެލްއަށް ކިޔަވައިދޭން ފަށާ ވަރަށް ވުރެ ދަރިވަރުންގެ އަދަދު މަދުވުމުން މިދިޔަ އަހަރުގައިވެސް ކައުންސިލުން ވަނީ ރަށަށް ކިޔަވަން އަންނަ ދަރިވަރުންގެ އަދަދުން އެ އަދަދު ހަމަކުރުމަށް އެ ދަރިވަރުންގެ ހަރަދު ކައުންސިލުން ހަަމަޖައްސައިދީފައެވެ.

އެފަހަރު ދަރިވަރުންނަށް ޕޮކެޓް މަނީގެ ގޮތުގައި މަހަކު 1،000 ރުފިޔާ ދީފައިވެއެވެ. އަދި ރަށުން ބޭރުން ކިޔަވަން ދިޔަ ކުދިންގެ ހުރުމާއި ކެއުން ހަމަޖައްސައިދޭ އާއިލާތަކަށް މަހަކު 1،500 ރުފިޔާ އެފަހަރު ދިނެވެ.  

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ