އިންޑިއާ ނޭވީއާ އެމްއެންޑީއެފް ގުޅިގެން ތަމްރީނެއް ފަށައިފި

ޚަބަރު ފަހުގެ

އިންޑިއާ ނޭވީއާއި އެމްއެންޑީއެފް ގުޅިގެން ހިންގާ “އެކްސަސައިޒް އެކަތަ 2022″، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގައި ފަށައިފި އެވެ.

އަންނަ އޮކްޓޯބަރު ތިން ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި އެކްސަސައިޒްް ފެށްޓުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒް ލ.ކައްދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް މެރިން ކޯރގެ ޑައިރެކްޓަރ، ލެފްޓިނެންޓް ކާނަލް އިބްރާހީމް ނަވީން ޒުބައިރެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން މަހޭޝް ސީ. މޯޑްގިލްގެ އިތުރުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ ލެފްޓިނެންޓް ކާނަލް މުޙައްމަދު ފަސީހު ބައިވެރިވެލެއްވި އެވެ.

އެމްއެންޑީއެފް މެރިން ކޯރ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ 30 މެރީންސްއާއި އިންޑިއަން ނޭވީގެ 10 މެރިން ކޯމާންޑޯސް ބައިވެރިވާ މި އެކްސަސައިޒްގައި ކޮމްބެޓް ޝޫޓް، ވީބީއެސްއެސް، ޑިމޮލިޝަން، ސީކިއުބީ، ޑައިވޭޓަރ ޑައިވިންގ، ރީބްރީތަރ ޑައިވިންގެ އިތުރުން ޑައިވިންގ އޮޕަރޭޝަން ފަދަ ބައިތައް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ