ޑޯޓްމަންޑް އަތުން ސިޓީ މޮޅުއްޖެ​

ކުޅިވަރު ފަހުގެ

​ބޮރޫޝިޔާ ޑޯޓްމަންޑްގެ ކުރީގެ ފޯވާޑް ހާލާންޑް އެޓީމް ކޮޅަށް ޖެހި ލަނޑުން، ޗެމްޕިއަންސްލީގުގައި މެންޗެސްޓަރ ސިޓީ މޮޅުވެއްޖެއެވެ.

މިސީޒަންގައި ޑޯޓްމަންޑް ދޫކޮށް މެންޗެސްޓަރ ސިޓީއަށް ބަދަލުވި ފޯވާޑް ކުރީގެ ކްލަބާ ދެކޮޅަށް ކުޅުނު ފުރަތަމަ ފުޓުބޯޅަ މެޗުގައި ސިޓީ މޮޅުވީ 1-1 ން އެއްވަރުވާން ދަނިކޮށް ފަހު ވަގުތުކޮޅުގެ ތެރޭގައި ހާލާންޑް ޖެހި ލަނޑުންނެވެ. މެޗު ސިޓީން ކާމިޔާބުކުރީ ޑޯޓްމަންޑުން ލަނޑެއް ޖަހާފައިވަނިކޮށް ހަތަރު މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައިގެންނެވެ. ސިޓީގެ ދަނޑުގައި ކުޅުނު މެޗުގެ ދެވަނަ ހާފްގައި ފުރަތަމަ ލަނޑު ޖަހާ ޑޯޓްމަންޑަށް ކުރިހޯދައިދިނީ ބެލިންގހަމްއެވެ. 80 ވަނަ މިނެޓުގައި ސިޓީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޑިފެންޑަރު ޖޯން ސްޓޯންސްއެވެ. ހާލާންޑް ސިޓީ މެޗުން މޮޅުކޮށްދިނީ 84 ވަނަ މިނެޓުގައެވެ. އެއީ ކަންސޭލޯ ނަގައިދިން ހުރަހަކުންނެވެ. މިއީ މިސީޒަންގައި ހާލާންޑްގެ 13 ވަނަ ގޯލެވެ.

އިޝްތިހާރު
އިޝްތިހާރު

މިމޮޅާއެކު ސިޓީ ގްރޫޕްގެ އެއްވަނާގައި އޮތީ ދެ މެޗުންވެސް މޮޅުވެ، ހަ ޕޮއިންޓާއެކުއެވެ. މެޗުން ބަލިވިޔަސް ތިން ޕޮއިންޓާއެކު ދެވަނާގައި އޮތީ ޑޯޓްމަންޑެވެ. މިގްރޫޕްގައި ސެވިއްޔާއާއި، އެފްސީ ކޯޕަންހޭގަން ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ދެޓީމްވެސް އޮތީ ޕޮއިންޓަކާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ