މާލެ ދަތުރުކުރަމުންދިޔަ ލ. މާވަށުގައި ދުއްވާ ހޮޅުދޫ ބޯޓުގައި އަލިފާން ރޯވިއިރު، އެ ބޯޓުގައި ތިބީ 11 ދިވެހިންނާއި 7 ބިދޭސީންކަމަށް ގައުމީ ދިފާއީ ބާރުން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ، މި ބޯޓުގައި ޖުމްލަ 18 މީހަކު ދަތުރުކުރަމުން ދިޔަ ކަމަށާއި އޭގެތެރެއިން 11 ދިވެހިންގެ ތެރެއިން އެކަކު އަދި ފެނިފައި ނުވާ ކަމަށެވެ.
17 މީހަކު ސަލާމަތްކޮށްފައިވާއިރު މިހާތަނަށް ކުރި މަސައްކަތުން ފެނިފައި ނުވަނީ ލ. މާވަށަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ އަލީ މުޝްފިޤް މުޙައްމަދު ކަމަށް އޮފިޝަލް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން ހިއްސާކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި މުޅި ބޯޓުގައި އެކީ ހުޅުހިފާފައިވެއެވެ. ބޯޓު ބޭނުން ނުކުރެވޭ ވަރު ވެފައިވާ މަންޒަރު އެ ވީޑިއޯއިން ފެނިގެން ދެއެވެ.