ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ދަތުރުވެރިންގެ ލަގޭޖް ޗެކުކުރާ އެކްސްރޭ މެޝިންތައް ހަލާކުވެފައި ހުންނަތާ މަސް ދުވަސް!

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ދަތުރުވެރިންގެ ލަގޭޖް ޗެކުކުރާ އެކްސްރޭ މެޝިންތައް ހަލާކުވެފައި ހުންނަތާ މަސް ދުވަސް ވެފައިވާކަމުގެ ވާހަކަ ފޭސްބުކުގައި ދައުރުވާން ފަށައިފިއެވެ. 

މި ޕޯސްޓްގައި ލިޔެފައިވަނީ “ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ހާލަތު، ހުރިހާ މެޝިނެއް ހަލާކުވެފައި” މިހެންނެވެ. 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިއްޔެގެ ވަގުތެއްގައި ދައުރުވާން ފެށި އެ ޕޯސްޓާއި ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ގޮށްކޮޅުން ކުރި މަސައްކަތުން އެނގުނީ، އެ މެޝިންތައް ހަލާކުވެފައި ހުންނަތާ މަސްދުވަހާއި ގާތްވެފައިވާ ކަމެވެ.  އަދި މި މެޝިންތައް ހަލާކުވެފައިވާކަން އެއަރޕޯޓްގައި މަސައްކަތްކުރާ އިސް މުވައްޒަފަކުވެސް ވަނީ ގޮށްކޮޅަށް ކަށަވަރު ކޮށްދީފައެވެ. 

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިވަގުތު ހަލާކުވެ ބޭނުންނުކުރެވޭ ދެ މެޝިނަކީ ދަތުރުވެރިންގެ ލަގޭޖް ޗެކުކުރާ އެކްސްރޭ މެޝިނާއި، އަތްދަބަސް ޗެކުކުރާ މެޝިނެވެ. މިހާރު ދަތުރުވެރިންގެ ލަގޭޖް ޗެކުކުރަނީ ފޮށިތައް ހުޅުވައި، ހުރިހާ އެއްޗެއްގެ ނަގައިގެން ފިޒިކަލް ސާޗެކެވެ. މިކަމުގައި ދަތުރުވެރިންނަށް އުފުލަންޖެހޭ ތަކުލީފު ބޮޑުވެ ހޭދަވާ ވަގުތު ގިނަކަމުގެ ޝަކުވާ ދަތުރުވެރިންގެ ފަރާތުން ލިބެމުންދާކަމުގެ މަޢުލޫމާތުވެސް ދަނީ ލިބެމުންނެވެ.

މެޝިންތައް މަރާމާތުގެ ކުރުމުގެ މަސައްކަތަށް މާލެއިން ޓެކްނީޝަނުން ގެނައުމުގެ މަސައްކަތް ކުރަމުންދާކަމުގެ މަޢުލޫމާތު ގޮށްކޮޅަށް ވަނީ ލިބިފައެވެ.  

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ