އިންޑިއާއިން ދިވެހި އަސްކަރިއްޔާއަށް 24 ވެހިކަލް ހަދިޔާކޮށްފި

ޚަބަރު ފަހުގެ

އިންޑިއާ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް 24 ވެހިކަލް ހަދިޔާކޮށްފިއެވެ.

މި ވެހިކަލްތައް ހަދިޔާކޮށްފައިވަނީ މިކަމަށްޓަކައި ހޯމަ ދުވަހު ބަންޑާރަކޮށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރަސްމީކޮށް މި ވެހިކަލްތައް ދިވެހި އަސްކަރިއްޔާއަށް ޙަވާލުކޮށްދެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވަތުރާއެވެ. ދިވެހި އަސްކަރިއްޔާއިން މި ވެހިކަލްތަކާ ޙަވާލުވެލެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަހުމަދު ދީދީއެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްގެ އިތުރުން އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ