ހދ. އަތޮޅު ޤުރުއާން މުބާރާތް 2022 އިއްޔެ ފަށައިފިއެވެ.
ނޮޅިވަރަމްގައި ކުރިއަށްދާ މި މުބާރާތުގައި ހދ. އަތޮޅުގެ 12 ރަށުން 130 ދަރިވަރުން ވާދަކުރެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި ބައިވެރިވި 95 ދަރިވަރުން އަދި ނުބަލާ ކިޔެވުމުގެ ގޮފީގައި ބައިވެރިވި 35 ދަރިވަރުންނެވެ.
މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފީގައި ހަނިމާދޫން 8 ދަރިވަރުން ވަނީ ބައިވެރި ވެފައެވެ. ނުބަލާ ކިޔެވުމުގެ ގޮފީގައި ހަނިމާދޫ ދަރިވަރުން ބައިވެރި ކޮށްފައެއްނުވެއެވެ.


