ހދ. އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ވައިކަރަދޫ ފައިޙާ ޢަބްދުﷲ އަޤީލް ހޯދައިފި

ޚަބަރު ފަހުގެ

ނުބަލާ ކިޔެވުމުގެ ގޮފީގައި 35 ދަރިވަރުން އަދި ބަލައިގެން ކިޔެވުމުގެ ގޮފީގައި 95 ދަރިވަރުންނާއެކު ކުރިޔަށްދިޔަ ހދ. އަތޮޅު ޤުރުއާން މުބާރާތް 2022 ގެ އެއްވަނަ ވައިކަރަދޫ ފައިހާ އަބްދުﷲ އަޤީލް ހޯދައިފިއެވެ.

ފައިހާ އަބްދުﷲ އަޤީލް އެއްވަނަ ހޯދިއިރު މި އަހަރުގެ މުބާރާތުން ދެވަނަ ހޯދާފައިވަނީ ވައިކަރަދޫއެވެ. އަދި ތިން ވަނަ ހޯދީ މަކުނުދޫއެވެ. ފަހުރުވެރި އެއްވަނަ ރަށަކަށް ހޮވުނީ ނޮޅިވަރަމްއެވެ. ނޮޅިވަރަމް މިއީ 2019 ވަނަ އަހަރުގެވެސް އެއްވަނައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކޯވިޑް-19 ގެ ހާލަތާ ގުޅިގެން އަހަރެއްގެ މެދުކެނޑުމަށްފަހު ބޭއްވި ހދ. އަތޮޅު ޤުރުއާން މުބާރާތުގައި 12 ރަށަކުން ބައިވެރި ވެފައިވެއެވެ. މުބާރާތުގައި ބައިވެރިވެފައިވާ ރަށްތަކަކީ މަކުނުދޫ، ވައިކަރަދޫ، ނޮޅިވަރަމް، ނެއްލައިދޫ، ނޭކުރެންދޫ، ކުމުންދޫ، ނޮޅިވަރަންފަރު، ކުރިނބީ، ހިރިމަރަދޫ، ނައިވާދޫ، ފިނޭގެ އިތުރުން ހަނިމާދޫއެވެ.

ހދ. އަތޮޅު ޤުރުއާން މުބާރާތް 2022 ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް ނޮޅިވަރަމުގައެވެ.

މުބާރާތުގެ ވަނަތައް

  • މުޅި މުބާރާތުން އެއްވަނަ – ފައިޙާ އަބްދުﷲ އަޤީލް/ ވައިކަރަދޫ
  • މުޅި މުބާރާތުން ދެވަނަ – ރާޔާ އަންވަރު/ މަކުނުދޫ
  • މުޅި މުބާރާތުން ތިންވަނަ – އަފްނާން އަހްމަދު އަފްރާހް / ނޮޅިވަރަން
  • ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ – ފައިޙާ އަބްދުﷲ އަޤީލް/ ވައިކަރަދޫ
  • ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ – ރާޔާ އަންވަރު/ މަކުނުދޫ
  • ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ – އަފްނާން އަހްމަދު އަފްރާހް / ނޮޅިވަރަން
  • ނުބަލާ ކިޔެވުމުގެ ގޮފިން 2 ވަނަ – ޢީން މުޙައްމަދު ރަޝީދު / ނޮޅިވަރަން
  • ނުބަލާ ކިޔެވުމުގެ ގޮފިން 3 ވަނ – ޢައްމާރު އަބްދުﷲ އަޤީލް / ވައިކަރަދޫ
  • ފައުންޑޭޝަން ސްޓޭޖް ނުބަލާ ކިޔެވުމުގެ ގޮފިން 3 ވަނަ – ޔޫސުފް ކައިލް ބިން ނާފިޢު / މަކުނުދޫ
  • ފައުންޑޭޝަން ސްޓޭޖް ނުބަލާ ކިޔެވުމުގެ ގޮފިން 2 ވަނަ – ޢީން މުޙައްމަދު ރަޝީދު / ނޮޅިވަރަން
  • ކީސްޓޭޖް 1 ނުބަލާ ކިޔެވުމުގެ ގޮފިން 3 ވަނަ – ޢަޒާ ޢަބްދުﷲ ޝަރީފް/ ނޮޅިވަރަން
  • ކީސްޓޭޖް 1 ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ – މަހްދީ ބިން ޢަލީ އިބްރާހީމް/ ހަނިމާދޫ
  • ކީސްޓޭޖް 2 ނުބަލާ ކިޔެވުމުގެ ގޮފިން 3 ވަނަ – ޢައްމާރު އަބްދުﷲ އަޤީލް / ވައިކަރަދޫ
  • ކީސްޓޭޖް 2 ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ – ނަބްހާން ނިޡާމް / ވައިކަރަދޫ
  • ކީސްޓޭޖް 3 ނުބަލާ ކިޔެވުމުގެ ގޮފިން 3 ވަނަ – އާޔަތުﷲ ބުނު އަބްދުލްކަރީމް/ ވައިކަރަދޫ
  • ކީސްޓޭޖް 3 ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ – މިންޙާ އަބްދުލްމުހައިމިން/ ނެއްލައިދޫ
  • ކީސްޓޭޖް 3 ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ ރަފާޢަތު ޢަލީ ރާފިޢު/ ނޮޅިވަރަން
  • ކީސްޓޭޖް 4 ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ – އަފްނާން އަޙްމަދު އަފްރާހް/ ނޮޅިވަރަން
  • ކީސްޓޭޖް 1 ނުބަލާ ކިޔެވުމުގެ ގޮފިން 2 ވަނަ – ޢިޝްޔާ އަޙްމަދު ޝިފާއު/ ނޮޅިވަރަން
  • ކީސްޓޭޖް 2 ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ – މުޙައްމަދު އިބްރާހީމް/ މަކުނުދޫ
  • ކީސްޓޭޖް 3 ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ – ފާތިމަތު ނަބާތު/ ނޮޅިވަރަން
  • ކީސްޓޭޖް 4 ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ – ރާޔާ އަންވަރު / މަކުނުދޫ
  • ކީސްޓޭޖް 2 ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ– ޢަލީ ނާޒިހް / ވައިކަރަދޫ
  • ކީސްޓޭޖް 4 ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ – ފައިޙާ އަބްދުﷲ އަޤީލް/ ވައިކަރަދޫ
އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ