ޔުނިޓީ ކަޕް 2020 ވޮލީ 4 އެން 4 ގެ ފައިނަލަށް ޔަންގް ފޯސް އަދި ގުޑް އައިޑިއާ ދަތުރު ކޮށްފި

ކުޅިވަރު ފަހުގެ

ޔުނިޓީ ކަޕް 2020 ވޮލީ 4 އެން 4ގެ ފައިނަލަށް ޔަންގް ފޯސް އަދި ގުޑް އައިޑިއާ ދަތުރު ކޮށްފިއެވެ.

ރޭ ފުނަދޫ ޔޫތު ސެންޓަރުގައި ގާއިމް ކޮށްފައިވާ ވޮލީ
ކޯޓުގައި ކުޅެވުނު ސެމީ ފައިނަލް މެޗުތައް ކާމިޔާބު ކޮށްގެން މިދެޓީމް ފައިނަލަށް ދަތުރު ކުރިއިރު ފުރަތަ މެޗުގައި ބައްދަލުކުރީ ޔަންގް ފޯސް އާއި ސިކްސް އެބްސް އެވެ. މިމެޗު ފަސޭހަކަމާއެކު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެން ފައިނަލުގެ ފުތަމަޖާގަ ޔަންގް ފޯސް ވަނީ ކަށަވަރު ކޮފައެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޔަންގް ފޯސްގެ ޖާރޒީ ނަންބަރު 13 އަޙްމަދު އިބްރާހީމް ފުޅެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ދެވަނަ މެޗުގައި ވާދަކުރީ ގުޑް އައިޑިއާ އަދި ހުއްރިއްޔާ އެވެ. މިމެޗު 2-1 ކާމިޔާބު ކޮށްގެން ގުޑް އައިޑިޔާ ވަނީ ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރު ކޮފައެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ގުޑް އައިޑިއާގެ ޖާރޒީ ނަންބަރު 09 އަބްދުއްރަޙްމާން އާދަމެވެ.

ޔަންގް ފޯސް އަދި ގުޑް އައިޑިއާ ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 3 ވަނަދުވަހުގެ ރޭ ގަނޑު 21:00 ގައެވެ.

މި މުބާާރާތުގެ އަންހެނުން ވާދަކުރާ ވޮލީ 4 އެން 4ގެ ވޮލީވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ގޮތުން އަންހެން ވޮލީ މުބާރާތުގައި ހަތަރު ޓީމަކުން ބައިވެރިވިއެވެ. މި 4 ޓީމް ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ފައިނަލަށް ދަތުރު ކޮށްފައި ވަނީ ކުރެދި އަދި ފްލައި ބާރޑްސް އެވެ.

އަންހެން ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ 3 ވަނަދުހުގެ ރޭގަނޑު 21:15 ގައެވެ.

ޔުނިޓީ ކަޕް 2020 ފުޓްސަލް މުބާރަތް މިރޭ ފަށަން ވަނީ ތާވަލު ކޮށްފައެވެ. 3 މެޗު ކުޅުމަށް މިރޭ ހަމަޖެހިފައި ވާއިރު ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 20:15 ގައެވެ. މި މެޗުގައި ބައްދަލުކުރާނީ އަލްފާ ބްރާވޯ އާއި ޕޮލިސް ފެމިލީ އެވެ. 21:15 ބައްދަލުކުރާނީ އަންހެން ފުޓްސަލް މުބާރަތުގެ ވިކްސެންސް އަދި އެލީޓް ނިންޖާ އެވެ. މީގެ އިތުރުން 22:15 ވާދަކުރާނި ސްޓެލައަންސް އާއި ހީރޯސް އެވެ.

ފޮޓޯ : ޔުނިޓީ ކަޕް ފޭސްބުކް ޕޭޖް

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ