ވާހަކަ: ހީވިއޭ ދިޔަހެން އޮޔާ

ވާހަކަ މުނިފޫހި ފަހުގެ

(30 އޯގަސްޓް 2020 އާ ގުޅޭ)

“ހައި. އައިމް ސޮރީ. ދެން މީޓްއެއް ނުކުރެވޭނެ.” ހިތާއި ދެކޮޅަށް އިޒާނީ މެސެޖް ފޮނުވާލިއެވެ. އަދި ބަންޑުން އެނދު މައްޗަށް ވެއްޓިގަތެވެ. ދެން ހަދަންވީ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. ޒޯޔާއަށް ހުރިހާ ވާހަކައެއް ކިޔައިދޭންވެސް ހިތަށް އެރިއެވެ. އެހެން އޮއްވާ އިޒާނީގެ ފޯނަށް މެސެޖެއް ލިބުނެވެ.

އިޝްތިހާރު
އިޝްތިހާރު

“ވަޓްސް ރޯންގް، ޕްރިންސެސް؟ އައިމް ސޮރީ، އިފް އައި ޑިޑް ސަމްތިންގ ރޯންގް. ޔޫ ކޭން ޓެލް މީ.” ޒަޔާންގެ މެސެޖެކެވެ. އިޒާނީ އެގޮތަށް މެސެޖް ކުރީ ކިހިނެއްވެގެންތޯ ސުވާލުކޮށްފައި އޮތެވެ. އަދި އޭނާއަށް ވީ ކަމެއް ކިޔާ ދިނުމަށް އެދިފައި އޮތެވެ. ޒަޔާން ހީކުރީ އެރޭ ހިނގާ ދިޔަ ކަންތަކާ އިޒާނީ ހިތް ހަމަނުޖެހުނީ ކަމަށެވެ. 

“ނޮޓް ޔޫ. މައި ޑޭޑް. ލަސްވީމަ ބައްޕަ ހުރީ ވަރަށް ރުޅި އައިސްފަ.” ބައްޕަ ދެއްކި ވާހަކަތައް އިޒާނީ ކިޔައިދިނެވެ. ” އެންޑް އައި ޕްރޮމިސްޑް ހިމް ދެޓް އައި ވިލް ނެވާރ ގޯ އައުޓް ލައިކް ދެޓް.” އަދި ދެން އެގޮތަށް ބޭރަށް ނުދާނަން ކަމަށް ބައްޕައަށް ވައުދު ވީ ވާހަކަ ޒަޔާން ކައިރީގައި ލބުނެލިއެވެ. 

“ވަޓް؟ ކަމް އޯން، އިޒާނީ… ތީ މިހާރު ބޮޑުވެފަ ހުރި ކުއްޖެއްނު. ޔޫ ހޭވް ދަ ރައިޓް ޓު އެންޖޯއި ލައިފް. ދެން ގޭގަ ބަންދު ވެފަ އިންނަނީތަ؟” ޒަޔާން ބުނީ ތެދެކެވެ. އިޒާނީއަކީ މިހާރު ކުޑަ ކުއްޖެއް ނޫނެވެ. އޭނާއަށްވެސް ކޮންމެވެސް ވަރެއްގެ މިނިވަންކަމެއް އޮންނަންވާނެ ކަމަށް އޭނާ ގަބޫލުކުރިއެވެ. ކޮންމެ ގޮތެއް ވިޔަސް ޒަޔާން އޭނާގެ އަތުން ބީވެގެން ދާކަށްވެސް އިޒާނީ ނޭދެއެވެ.

“އައި ތިންކް ޔޫ ޝުޑް ޓެލް ޒޯޒޯ އެބައުޓް އަސް…” ޒަޔާން ހިޔާލެއް ދިނެވެ. “އޭރުން، މިގެއަށް އާދެވޭނެ އެއްނު އިފް ޔޫ ވޯންޓް ޓު ސީ މީ.” ޒޯޔާ ގާތު ހުރިހާ ވާހަކައެއް ކިޔާ ދިނުމުން، ޒަޔާން ދެކިލުމަށް ބޭނުންވުމުން އެގެއަށް އާދެވޭނެ ކަމަށް ޒަޔާން ހިޔާލު ދިނެވެ. އިޒާނީއަށް އެ ހިޔާލު ކަމުދިޔައެވެ. ޒޯޔާއަށް ހުރިހާ ވާހަކައެއް ކިޔާދޭންވީ ވަގުތު ޖެހިއްޖެކަމަށް އިޒާނީ ނިންމިއެވެ. އޭރުން ބައްޕައަށް ދޮގު ހަދާކަށްވެސް ނުޖެހޭނެއެވެ. 

ހިތް ހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލަމުން އިޒާނީ ވަނީ ފާހާނާއަށެވެ. ގައިގައި ތުވާލި އޮޅާލައިގެން އައިސް އަލަމާރި ހުޅުވާލިއެވެ. އޭގެ ތެރެއިން ނެގި ނިދާ ހެދުމެއް ލައިގެން ގޮސް އެނދުގައި ޖައްސާލިއެވެ. އަދި ޒޯޔާ ގާތު އެވާހަކަ ދައްކާނެ ގޮތެއް ވިސްނާލިއެވެ. މިހާ ދުވަހު ޒަޔާންއާއި ވާހަކަ ދެއްކުމުންވެސް އެ ގުޅުމަށް ދޭނެ ނަމެއް އިޒާނީ އަކަށް ނޭނގުނެވެ. ހަމަ ގައިމުވެސް އެދެމީހުންގެ އޮންނަނީ ދެ ރަހުމަތްތެރިންގެ އޮންނަ ފަދަ ގުޅުމެއް ނޫންކަން ޔަގީނެވެ. އަދި އެކަކުވެސް ލޯބިވާ ކަން ފާޅުގައި ހާމައެއްވެސް ނުކުރެއެވެ. 

ކައިރީގައި އޮތް ބާލީހުގައި ބައްދާލަމުން އިޒާނީ ލޯ މަރާލިއެވެ. އޭނާގެ ލޯ މަތީ ސިފަވެގެން ދިޔައީ މިރޭ ޒަޔާން ކޮށްލި ލޯބިވެތި ހަރަކާތެވެ. ޒަޔާންގެ މޭގައި އިޒާނީ ފޮރުވާލި ގޮތެވެ. އިޒާނީގެ އުނަގަނޑުގައި ޒަޔާންގެ އަތް ވަށާލި ގޮތެވެ. އެއަތުތެރޭގައި އިހުސާސްވި ރައްކާތެރިކަމެވެ. އަދި ހިތާއި ހަށިގަނޑަށް ލިބުނު ފޮނި އަރާމެވެ.

އިރާއި ހަނދު ދައުރުވަމުން ގޮސް އާ ދުވަހަކަށް މަރުހަބާ ކިއެވެ. ކޮންމެ ދުވަހަކީ މުޅިން އާ ތަޖުރިބާއެކެވެ. ކުރިމަތިލާން ޖެހެނީ އާ ކަންކަމާއެވެ. އިޒާނީ އެ ތައްޔާރުވަނީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާއަށް ފޮރުވި ސިއްރު ހާމަކުރާށެވެ. އޭނާގެ ބޭބެއާއި އިޒާނީގެ އޮންނަ ގުޅުން ކިޔާދޭށެވެ. އެވާހަކަތައް އަޑު އަހާ ޒޯޔާ ބުނާނީ ކީކޭ ކަމެއްވެސް އިޒާނީއަކަށް ނޭގެއެވެ.

ކޮލެޖަށް ދިޔުމަށް ތައްޔާރުވަމުން ދަނިކޮށް، އެރޭގެ ކްލާސް ކެންސަލް ވީ ވާހަކަ ކްލާސް ވައިބާރ ގްރޫޕަށް މެސެޖް އައެވެ. އެހެން ނަމަވެސް އިޒާނީ ގަސްދުކުރީ ކޮލެޖަށް ދިޔުމަށެވެ. ތައްޔާރުވެލައިގެން ތިރިއަށް ފޭބި އިރު އާޒިމް އިނީ އޭނާގެ އިންތިޒާރުގައެވެ. ކޮންމެ ރެއެކޭ އެއްފަދައިން އިޒާނީ ކޮލެޖަށް ދިޔައީ އޭނާގެ ބައްޕައާއި އެކުއެވެ. ކާރުން ފޭބުމަށް ފަހު އިޒާނީ ކޮލެޖް ގޭޓުން ވަންނަންދެން އާޒިމް ކާރު މަޑުކޮށްލައިގެން އޮތެވެ. އެކަން އެނގުުމުން، ބާރު ހިނގުމެއްގައި އިޒާނީ އެތެރެއަށް ވަދެގެން ދިޔައެވެ. އޭނާ މިސްރާބު ޖެހީ ކެންޓީނާއި ދިމާލަށެވެ. ބެންޗެއްގައި އިށީނދެ ހަމަ ޖެހިލަމުން ފޯނު ނަގާ ޒޯޔާއަށް އޭނާ ގުޅާލިއެވެ.

“ހައި. އައި ނީޑް ޓު ހޭވް އަ ވޯޑް ވިތް ޔޫ. ޕްލީޒް ކޮލެޖަށް އާދެވިދާނެތަ؟ މީނި ކޮލެޖްގަ.” ޒޯޔާ ފޯނު ނެގުމާއެކު އެއް ބޮނޑިއަކަށް ބުނަން ބޭނުންވާ އެއްޗެއް އިޒާނީ ބުނެލިއެވެ. ޒޯޔާއާއި ވާހަކަ ދެއްކުމަށް ކެތް މަދުވެފައި އިން ކަހަލައެވެ. 

“މި އަންނަނީ.. ގިވް މީ ޓެން މިނިޓްސް.” ދިހަ މިނެޓް ތެރޭގައި އަންނަނީ ކަމަށް ބުނެ ޒޯޔާ ފޯނު ކަނޑާލިއެވެ. އަދި ޒަޔާން ކައިރީ ކޮލެޖަށް ގެންގޮސް ދިނުމަށް އެދުނެވެ. 

“ދެންމެ ބުނި ކްލާސް ކެންސަލް އޭ.. ދެން ކީއްކުރަން ދަނީ؟” ފޯނާއި ކުޅެން އިނދެފައި ޒަޔާން އަހާލިއެވެ.

“އެނގެއެއްނު އިޒާނީ.. އޭނަ ކޮންމެސް ވާހަކައެއް ބުނަން އެބައޮތޭ ބުނީމަ. އޭނަ އެބައިން ކޮލެޖްގަ.” ޒޯޔާ އެހެން ބުނުމުން ޒަޔާންގެ ހިތް ތެޅިލިއެވެ. އަދި ޒޯޔާ ގޮވައިގެން ކޮލެޖަށް ދިޔުމަށް އަވަސްވެގަތެވެ. އިޒާނީ ޒޯޔާ ގާތު ދައްކަން އުޅޭ ވާހަކަ އޭނާއަށް އެނގުނު ނަމަވެސް ނޭނގޭ ކަމަށް ހަދާފައި ޒޯޔާ ގެންގޮސް ކޮލެޖަށް ލައި ދިނެވެ. އެހެން ދުވަސް ދުވަހު ޒޯޔާ ދާއިރު ގޭޓު ދޮށުގައި މަޑުކޮށްލައިގެން ހުންނަ އިޒާނީ މިއަދު ފެންނަން ނެތުމުން ޒަޔާން ހިތް ހަމައެއް ނުޖެހުނެވެ. 

“ކޮބާ ޒޯޒޯ ފްރެންޑް؟” ޒޯޔާގެ ރަހުމަތްތެރިޔާ ކޮބާތޯ ޒަޔާންއަށް އަހާލެވުނީ އެހެންވެއެވެ.

“ޝީ އެތެރޭގަ އިނީ.. ގުޅާނަން ނިމުނީމަ.” ޒޯޔާ އަވަހަށް އެތެރެއަށް ވަނުމަށް ހިނގައިގަތެވެ. 

ކެންޓީނަށް ވަދެގެން ދިޔައިރު ބެންޗެއްގައި އިޒާނީ އިން ތަން ޒޯއާއަށް ފެނުނެވެ. އޭނާ ގޮސް އިޒާނީ ކުރިމައްޗަށް ވާ ގޮތަށް އިށީނެވެ. އިޒާނީގެ މޫނުމަތީގައިވީ ނުތަނަވަސްކަން ޒޯޔާއަށް ސިއްރެއް ނުވިއެވެ. 

“ކިހިނެތްވީ؟ އެނީތިންގ ރޯންގް؟” އިޒާނީގެ އަތުގައި ހިފާލަމުން ޒޯޔާ އަހާލިއެވެ. 

“ފަށާނެ ގޮތެއްވެސް ނޭނގެ.. ބަޓް ފަސްޓް، ޕްރޮމިސް މީ ދެޓް ޔޫ ވިލް ނޮޓް ގެޓް އަޕްސެޓް ވިތް މީ.” ޒޯޔާގެ ކާނާއަތް ކުރިއަށް ދިއްކޮށްލަމުން، އިޒާނީއާއި މެދު ހިތްހަމަ ނުޖެހުމެއް ނުބާއްވާން ހުވާ ކުރުމަށް ޒޯޔާ ގާތު އެދުނެވެ. ހިނިތުން ވެލަމުން ޒޯޔާ އެ އަތުގައި ހިފާލީ، އޭނާ ދުވަހަކުވެސް އިޒާނީ ދެކެ ހިތް ހަމަ ނުޖެހިފައި ނުހުންނާނެ ކަމަށް ބުނަމުންނެވެ.

“އައި ރިއަލީ ލައިކް ޔުއާރ ބްރަދާ….”

“ވަޓް؟ ސިރިއަސްލީ؟” ޒޯޔާގެ ދެލޯ ބޮޑުވިއެވެ. އަދި ކޮލު ދަތްތައްް ފެންނަ ވަރަށް ހިނިތުންވެލިއެވެ. ޒޯޔާ އެހާ އުފާވާނެ ކަމަކަށް އިޒާނީ އުންމީދެއް ނުކުރެެވެ. އާއެކޭ ބުނެ ލަދުން އިސް ޖަހާލެވުނީ އެހެންވެއެވެ.

“އޯ މައި ގޯޑް.. އައި ޖަސްޓް ކާންޓް ބިލީވް. ވާހަކަ ވެސް ދައްކަންތަ؟” ޒޯޔާ އިނީ އިޒާނީ ބުނި ވާހަކަ ގަބޫލު ކުރަންވެސް ދަތިވެފައެވެ. ޒަޔާންއާއި އިޒާނީ ބައްދަލު ކުރި ވާހަކަވެސް ޒޯޔާ ގާތު ބުންޏެވެ. 

“އެކަމާ ބައްޕަ ހުރީ ރުޅި ގަދަވެފަ.. އެހެންވެ ދެން ބޭރަށް ނުވެސް ދެވޭނެ މީޓް ކުރާކަށް.” އިޒާނީ އޭނާގެ ކަންބޮޑުވުން ޒޯޔާއާއި ހިއްސާ ކުރިއެވެ. 

“ދެން މިގެއަށް އަންނާނީ.. އައި ވިލް ބީ ދެއާ. ގޭގެ ޓެރެސް ހުންނާނެ. އެތަނުގަ ޔޫ ބޯތް ކޭން މީޓް އެއްނު..” ޒޯޔާ ހިޔާލު ފާޅުކުރަމުން ދިޔައެވެ. އެ ގުޅުމާއިމެދު ޒޯޔާ ހިތް ހަމަޖެހޭ ވަރު އޭނާގެ މޫނުން އެނގެއެވެ. އެގޮތަށް ވާހަކަ ދައްކަން ދެމީހުން އެތަށް އިރެއް ވަންދެން ތިއްބެވެ. 

ގަޑިން ނުވައެއް ޖަހަނިކޮށް އިޒާނީ ބައްޕައަށް ގުޅާ ބަލާ އައުމަށް އެދުނެވެ. ޒޯޔާވެސް އޭނާގެ ބޭބެއަށް ގުޅިއެވެ. ދެމީހުން ގޭޓް ދޮށުގައި މަޑުކޮށްލައިގެން ތިއްބާ ޒަޔާންގެ ސައިކަލު އެމީހުން ކައިރިއަށް މަޑުކޮށްލިއެވެ. ޒޯޔާއަށް މަޑަކުން ނުހުރެވުނެވެ. 

“ދޮންބެ ދޯ.. އަންގާވެސް ނުލާ ކުރާ ކަންތައް ބަލާބަ..” ޒަޔާންގެ ކޮނޑުގައި ޖަހާލަމުން ޒޯޔާ ދިމާކޮށްލިއެވެ. ޒަޔާން ބުނާނެ އެއްޗެއް ނޭނގިފައި އިނެވެ. އަދި އިޒާނީއާއި ދިމާލަށް ބަލާލިއެވެ. އޭނާ ހުރީ އިސް އޮބާލައިގެންނެވެ. ޒޯޔާ ޒަޔާންއާއި ދިމާކޮށްލުމުން އިޒާނީވެސް ލަދުގަތެވެ. 

“ޒޯޒޯއަށް ނުކެރުނު ފަސްޓް ނައިޓް ގަ ވެސް އިންޓްރޮޑިއުސް ކޮށްދޭކަށް. ދެން ދޮންބެ އަމިއްލައަށް އެކަން ކުރަން ޖެހުނީ.” އިޒާނީއަށް ނަޒަރު ހުއްޓާލައިގެން އިނދެ ޒަޔާން ބުނެލިއެވެ. ޒަޔާންގެ އަޑު ކަންފަތުގައި ޖެހުމުން އިޒާނީ އޭނާއާއި ދިމާލަށް ބަލާލިއެވެ. އެވަގުތު ދެމީހުންގެ ހަތަރު ކަޅި ހަމަވިއެވެ. ޒަޔާން ހިނިތުންވެލައިގެން އިން ގޮތުން ޒޯޔާގެ ހިއްސުތައް ހުއްޓުނު ކަހަލައެވެ. ހަމަ އެވަގުތު އާޒިމްގެ ކާރު ކޮލެޖް ގޭޓާއި އަރާ ހަމަވިއެވެ. 

“ދަނީ އިނގޭ.. ބައްޕަ އެއައީ.” އާޒިމްގެ ކާރު އައިތަން ފެނުމުން އިޒާނީ ކާރާއި ދިމާއަށް ހިނގައިގަތެވެ. އަދި ޒަޔާންވެސް ޒޯޔާ ގޮވައިގެން ގެއަށް ދިޔުމަށް ސައިކަލު ދުއްވާލިއެވެ. 

އިޒާނީމެން ގެއަށް ވަދެގެން އައި އިރު އަޒާންއާއި ޝާނާވެސް ސިޓިންގރޫމުގައި ތިއްބެވެ. އިރުކޮޅަކު ވާހަކަ ދައްކާލަށް އިނުމަށްފަހު އާޒިމްއާއި ހުސްނާ ނިދަން ދިޔައެެވެ. 

“އިޒޫވެސް މެރީ ކުރަނީއޯ ބައްޕަ ބުނި.” އަޒާން އޭނާގެ ކޮއްކޮ އާއި ވާހަކަ ދައްކަން ފެށިއެވެ.

“ބައްޕަ ނުބުނާނެ އެހެންނެއް.. ހީ އިޒް އޮންލީ އަ ފްރެންޑް ދޮންބޭ..” އަޒާން އަށް ރައްދު ދެމުން އިޒާނީ ތުން އަނބުރާލިއެވެ. “މީހުންގެ ވެޑިންގގެ ވާހަކަ ނުދައްކާ ދޮންބެގެ ވެޑިންގގެ ވާހަކަ ދައްކަބަ. ޑޭޓް ފިކްސް ވެއްޖެތަ؟” ކައިރީގައި އޮތް ކުޝަން އުނގު މައްޗަށް ލަމުން އިޒާނީ އަހާލިއެވެ. 

“އަންނަ ފްރައިޑޭގަ އޮތީ ހުޅުމާލެ ދިޔުން. ޝާނާ ފެމެލީއާ މީޓްކުރަން. އޭރަށް އެނގޭނީ. އެމީހުންނަށް ދޮންބެ ކަމު ނުގޮއްސިއްޔާ ވެޑިންގ ކެންސަލް ކޮށްލަން ޖެހޭނީ..” ޝާނާއާއި ދިމާލަށް ބަލާލަމުން އަޒާން ސަމާސާ ކޮށްލިއެވެ. 

“އަޒާން.. ކޮން ކަހަލަ ވާހަކައެއް ތި ދައްކަނީ.. މަންމަ މެންނަށް އަޒާން ކަމުދާނެއޭ.” އަޒާންގެ ކޮނޑުގައި ހިފާލަމުން ޝާނާ ވާހަކަ ދެއްކިއެވެެ. ޝާނާއަށް އަޒާން ކުރި ސަމާސާ ކަމުނުދިޔަ ކަން އޭނާގެ މޫނުން ފާޅުވަމުން ދިޔައެވެ. 

“ސޮރީ ދޫނީ.. ސަމާސާ ކޮށްލީއޭ..” އަޒާން ޝާނާގެ ކޮނޑުގައި ހިފާލާ އޭނާއާއި ކައިރި ކޮށްލަމުން ބުނެލިއެވެ. އެދެމީހުންގެ ވާހަކަތައް އަޑު އަހަން އިޒާނީ އިނެވެ.

“ދެން ހަމަ އަސްލަށްވެސް ގަބޫލު ނުވެއްޖެއްޔާއޯ؟” ވިސްނަން އިނދެފައި އިޒާނީ އަހާލިއެވެ. އަޒާންގެ ކިބައިން ހިޔާލެއް ހޯދަން އުޅޭ ކަހަލައެވެ.

“ދެޓްސް ނޮޓް ޕޮސިބަލް.. ދޮންބެ ވާހަކަވެސް ދައްކައިފީމޭ އެމީހުންނާ. ދޭ އާރ ނައިސް ޕީޕަލް.” ހަމަޖެހިލައިގެން އިނދެ އަޒާން ޖަވާބު ދިނެވެ. 

“އެނީތިންގ އިޒް ޕޮސިބަލް.. ހަމަ ލާސްޓް މިނެޓްގަ ގަބޫލު ނުވެ ދާނެއެއްނު.” އިޒާނީ އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ. “އޭރުން ކިހިނެއް ހަދާނީ؟” އޭނާ ތަކުރާރުކޮށް ސުވާލު ކުރިއެވެ. 

“އޭރަށް އެމީހުން ގަބޫލު ވަންދެން މަޑުކުރާނީ. އެހެން ނޫނީ ޝާނާ ކިޑްނެޕްކޮށްގެން މިގެއަށް ގެންނާނީ. ދެން މެރީ ކުރާނީ. ދުވަސްކޮޅަކު އުޅެލީމަ އޯކޭ ވާނެ.” ޒަޔާން ހިނިއައިސް އިނދެ ކިޔާދިނެވެ. އޭނާއަށް އިޒާނީގެ ހިތުގައި އޮތް އެއްޗެއް ނޭނގެއެވެ. 

“އޯކޭ ދޮންބޭ.. ރޫމްއަށް މި ދަނީ.” އުނގުގައި އޮތް ކުޝަން ސޯފާގައި ލައްކޮށްލަމުން އިޒާނީ ތެދުވިއެވެ.

“ޕިއްޒާއަށް އޯޑާރ ކުރަން މި އުޅެނީ.. ގޮވާލާނަން. ނުނިދައްޗޭ..” އިޒާނީ ސިޑިއާއި ދިމާލަށް ހިނގައިގަތުމުން ޝާނާ ބުނެލިއެވެ. އާނއެކޭ ބުނަމުން އޭނާ ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަނެވެ. އަދި ކޮޓަރީގައި ހުރި ސޯފާގައި އިށީނދެލަމުން ޒަޔާންއަށް މެސެޖް ކުރަން ފެށިއެވެ.

“މިގޭ މީހުން މި ރިލޭޝަންއާ ގަބޫލު ނުވެއްޖެއްޔާ ކިހިނެއް ހަދާނީ؟” އެކި ވާހަކަ ދައްކަމުން ގޮސް އިޒާނީ އަހާލިއެވެ. 

“އައި ވިލް ކިޑްނެޕް ޔޫ އެންޑް މެރީ ޔޫ.”    

 (ނުނިމޭ)

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ