ށ.ފުނަދޫ ޒުވާނުން ތަކެއް އިސްނަގައިގެން ކުރިޔަށް ގެންދާ ޔުނިޓީ ކަޕް 2020 ފުޓްސަލް މުބާރަތް ފަށައިފިއެވެ.
ރޭ ފުނަދޫ ޔޫތު ސެންޓަރުގައި ގާއިމް ކޮށްފައިވާ ފުޓްސަލް
ދަނޑުގައި މިމުބާރާތް ފެށިއިރު ވަނީ 3 މެޗު ކުޅެފައިވެއެވެ. އެއީ ފިރިހެން 2 މެޗާއި އަންހެން 1 މެޗެވެ.

ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ވާދަކުރީ އަލްފާ ބްރާވޯ އާއި ޕޮލިސް ފެމެލީ އެވެ. މި މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު މެޗު ނިމުނީ 6-6 ން އެއްވަރު ވެގެންނެވެ. މިމެޗުގައި އަލްފާ ބްރާވޯ އަށްް ގޯލްތައް ޖަހައި ދީފައިވާ ކުޅުން ތެރިންގެ ތެރޭ 3 ގޯލް ކާމިޔާބު ކޮދިން އަލީ އިބުރާހިމް ގެ އިތުރުން މުހައްމަދު މަފާޒު، އަބުދުލްﷲ އަފީފު، އިބުރާހިމް މުހައްމަދު ސިޔާމް ހިމެނެއެވެ. މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ގޯލެއް ކާމިޔާބު ކޮފައެވެ. ޕޮލިސް ފެމެލީ ގޯލްތައް ޖަހައި ދީފައި ވަނީ ސައުކަތު ސާމް، އަދަމް ފުވާދު ގެ އިތުރުން އިބުރާހިމް ވަހީދެވެ. ސައުކަތު 4 ގޯލް ކާމިޔާބު ކޮދިންއިރު ދެން ކޮންމެ ކުޅުތެރިޔެށް ވަނީ ގޯލެށް ކާމިޔާބު ކޮށްދީފައެވެ. މޮޅު ކުޅުން ހޮވުނީ ޕޮލިސް ފެމެލީގެ 13 ނަންބަރު ސައުކަތެވެ.

ރޭ ކުޅެވުނު ދެވަނަ މެޗުގައި ކުޅުނީ އަންހެން ފުޓްސަލްގެ ވިކްސެންސް އަދި އެލީޓް ނިންޖާ އެވެ. މިމެޖު 5-1 ކާމިޔާބު ކުރީ ވިކްސެންސް އެވެ. އައިމިނަތު ސަޒުނާގެ ހެޓްރިކުގެ އިތުރުން މަރިޔަމް ހަމްނާ އާއި އައިސަތު ނަތާސާ ވަނީ ވިކްސެންސް އަށް ގޯލް ކާމިޔާބު ކޮދީފައެވެ. އެލީޓް ނިންޖާ އަށް ކާމިޔާބު ކުރެވުނު ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ސުވޭދާ ހުސައިނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވިކްސެންސް ގެ 5 ނަބަރު އައިމިނަތު ސަޒުނާ އެވެ.

ތިންވަނަ މެޗުގައި ކުޅުނީ ސްޓެލައަންސް އާއި ހީރޯސް އެވެ. 5-3 ނަތީޖާއިން މި މެޗު ސްޓެލައަންސް ކާމިޔާބު ކުރިއިރު އެޓީމަށް ގޯލް ޖަހާދީފައި ވަނީ އާދަމް ސުހެއިލް ، އާދަމް މާއިދު، ހުސައިން ސައިމަނެވެ. ސައިމަން 3 ގޯލް ޖެހިއިރު ސުހެއިލް އާއި މާއިދު ވަނީ ގޯލެއް ކާމިޔާބު ކޮށްފައެވެ. ހީރޯސް ކާމިޔާބު ކުރި 3 ގޯލްވެސް ކާމިޔާބު ކުރީ ހުސައިން ސާމް އެވެ. މެޗުގެ މޮޅު ކުޅުން ތެރިޔަކީ ސްޓެލައަންސް 5 ނަންބަރު ހުސައިން ސައިމަނެވެ.

މިއަދު ހަވީރާ ރޭގަނޑު މި މުބާރާތުގެ މެޗުތައް ކުޅެން ވަނީ ރާވާފައެވެ.
ފޮޓޯ : ޔުނިޓީ ކަޕް ފޭސްބުކް ޕޭޖް


