ހދ. ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ގެނައީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ސަރުކާރުން ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ޣަފޫރު މިހެން ވިދާޅުވީ ޗާގޯސް މައްސަލާގައި ސަރުކާރުގެ ސިޔާސަތު ބަދަލުވީ ކަމަށް ބުނެ އެކަން ކުށްވެރިކޮށް އަދި އެކަން ސާފުކުރުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، މިއަދު މަޖިލީހަށް ހުށައެޅުއްވި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
“ރާއްޖެއަށް ޑޯނިޔާ ފުލައިޓެއް ޓެކްނިކަލް ސަޕޯޓާއެއްކޮށް ބާއްވަން އެގްރިމެންޓްގައި ސޮއިކުރީ، އެހެންވީމަ ސުވާލަަކީ މިއަދު ހަނިމާދޫގައި ތިބި އިންޑިޔާ ސިފައިންނަކީ އިބްރާހިމް މުހައްމަދު ސޯލިހް ގެނައި ސިފައިންތޯ، ނޫން އެއީ ޔާމިން ގެނެސްފައި ތިބި ސިފައިން އެއީ ހަގީގަތަކީ،” ޣަފޫރު ވިދާޅުވިއެވެ.
މީގެ އިތުރުން ޣަފޫރު ވިދާޅުވީ މި ސަރުކާރުން ސޮއިކުރި އެގްރިމެންޓެއްގެ ދަށުން ރާއްޖެއަށް އައިސް ތިބި ބޭރުގެ އެއްވެސް ބަޔަކު ނުތިބޭނެ ކަމަށެވެ. އަދި އައްޑޫ އާއި ފުވައްމުލަކުގައި ވެސް ބަޔަކު ތިބިނަމަ އެއީ ކުރީގެ ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް ޣަފޫރު ވިދާޅުވިއެވެ.
ފޯޅަވައްސަކީ ރާއްޖޭގެ ބައެއް ކަމުގައި ރާއްޖޭގެ އެއްވެސް ސަރުކާރަކުން ނުވަތަ ދުނިޔޭގެ އެއްވެސް ތަނަކުން ހުށަހަޅާފައި ނުވާ ކަމަށާ، އެހެން ކަމުން އެއީ ރާއްޖޭގެ ބައެއް ކަމުގައި ރައްޔިތުންގެ މަޖިލީހުންވެސް ކަނޑައެއް ނޭޅޭނެކަމަށް ޣަފޫރު ވިދާޅުވިއެވެ. އަދި އެފަދަ ވާހަކަ ދައްކައިގެން ފިތުނަ އުފެއްދުން ނޫން ކަމެއް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޣަފޫރު އިތުރަށް ވިދާޅުވީ، އަދުގެ ސަރުކާރުން ގާނޫނާއި ޚިލާފު އެއްވެސް ކަމެއް ނުކުރާނެ ކަމަށާ، ރާއްޖޭގެ ބިމުން އެއްވެސް ކައިވަތެއް ބޭރުގެ ބަޔަކަށް މިސަރުކާރުން ދޫނުކުރާނެ ކަމަށެވެ. އެހެންނަމަވެސް، ރާއްޖޭގެ ސަރަހައްދެއް އަދި މިވީހާތަނަށް ވެސް ކަނޑަނޭޅޭ ކަމަށާ، އަމިއްލައަށް އެގޮތަށް ކަނޑައެޅި ކަމުގައިވިޔަސް އެކަން އެގޮތަށް ނުވާނެ ކަމަށްވެސް އޭނާ