ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް 4 ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.
މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާގުގައި، 4 ބޭފުޅުންނަށް ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމުގެ ލިޔުން ހަވާލު ކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހަޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހެވެ.
ސީއެސް ގެ މެންބަރުކަމަށް މި 4 ބޭފުޅުން އައްޔަނު ކުރުމުގެ ކުރިން، މި 4 ބޭފުޅުންވެސް ވަނީ މެންބަރު ކަމުގެ ހުވާ ކުރައްވާފައެވެ. މި 4 ބޭފުޅުންނަށް ހުވާ ލައިދެއްވީދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދެވެ.
އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރޭގައި
ހިމެނިވަޑައިގަންނަވަނީ ގދ. ތިނަދޫ މާކޯޅި، ފާޠިމަތު ޝަރީފާއި، ރ. މީދޫ ބްލެކް، އިބްރާހީމް ރަޝީދާއި، ހ. ޓޫހާޓްސް، މުޙައްމަދު ފަރުޞަތާއި، މ. ފަލްކަންގެ، މުޙައްމަދު ނާޞިހެވެ.


