ހަނިމާދޫ ސްކޫލް މުދައްރިސުންނާއި ދަރިވަރުން މިކިޔަނީ ކޮން “ނޮވެންބަރ ޓުވެލް” އެއްގެ ވަހާކަތަ؟ މިއީ ކޮންކަމެއްވާ ދުވަހެއްތަ؟

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ސްކޫލްގެ ފޭސްބުކް ޕޭޖަށް އިއްޔެ ލާފައިވާ ވީޑިއޯއެއްގައި ފެންނަނީ އެސްކޫލްގެ މުދައްރިސުންނާއި ދަރިވަރުން “ނޮވެންބަރ ޓުވެލް” މިފަދައިން ކިޔާ މަންޒަރެވެ. 

އެވީޑިއޯގައި އެންމެ ފަހުން ފެންނަ ކުއްޖާވަނީ އެއީ ކޮން ” ނޮވެންބަރ ޓުވެލް” އެއްތޯ ސުވާލު ކޮށްފައެވެ. އަދި އެއީ ކޮންކަމެއް ވާދުވަހެއްތޯ ވެސް ސުވާލު ކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ ސުވާލަށް ޖަވާބު ލިބިގެންދިއައީ ރޭ އެސްކޫލުން ލީ އެހެން ވީޑިއޯއަކުންނެވެ. އެ ވީޑިއޯއިން އެގުނު ގޮތުގައި “ނޮވެންބަރ ޓުވެލް” ހާއްސަވަނީ އެދުވަހު ހަވީރު އޮންނަ ކާބޯތަކެތީގެ މައުރަޒަކާއި ގުޅިގެންނެވެ. 

“ހަމަ އެކަނި ކާ އެއްޗެއްސެއް ނޫން، ކުޅިވަރާއި އެކި އެއްޗެހި ހުންނާނެ. ކުޑަކުދިންނާއި އަހަރެމެންނަށް” ވީޑިއޯގައި ދަރިވަރަކު ބުނެފައިވެއެވެ.

މައުރަޒުގައި ބައިވެރި ވުމަށް ހަނިމާދޫގައި އުޅޭ ކުދި ބޮޑު އެންމެނަން ދައުވަތު އަރުވާފައިވާއިރު މައުރަޒު ކުރިއަށްދާނީ 12 ވަނަ ދުވަހު ހަވީރު 16:00 އިން 17:45 ހަނިމާދޫ ސްކޫލްގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ