ހަނިމާދޫ ސްކޫލް ކާބޯތަކެތި މައުރަޒު ނިންމާލީ 41135.20 ރުފިޔާއެކު

ހަނިމާދޫ ޚަބަރު ފަހުގެ

ހޮނިހިރު ދުވަހު ހަނިމާދޫ ސްކޫލް ބިޒްނަސް ކުލަބުގެ އިސްނެގުމާއެކު ކުރިޔަށް ގެންދިޔަ ކާބޯތަކެތީގެ މައުރަޒު ނިންމާލީ 41135.20 (ސާޅީސް އެއްހާސް އެއްސަތޭކަ ތިރީސް ފަސް ރުފިޔާ ވިހި ލާރި) އާއެކުއެވެ.

އެ ސްކޫލްގެ ހަތަރު ހައުސްގެ މެދުގައި ކުރިޔަށް ގެންދިޔަ އެ މައުރަޒުގައި އެންމެ ގިނަ ފައިސާ ހޯދީ ޣާޒީ ހައުސްއެވެ. އެހައުސްވަނީ 11730.68 (އެގާރަ ހާސް ހަތް ސަތޭކަ ތިރީސް ރުފިޔާ ފަސްދޮޅަސް އަށް ލާރި) ހޯދާފައެވެ. ދެވަނަ އަށް ދިޔަ ދޮޝިމެނާ ވަނީ 10569.52 (ދިހަ ހާސް ފަސް ސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ ފަންސާސް ދެ ލާރި) ހޯދާފައެވެ. ފާޝަނާ 9835 (ނުވަ ހާސް އަށް ސަތޭކް ތިރީސް ފަސް ރުފިޔާ) ހޯދިއިރު ހުރަވީ ހައުސް އިން ވަނީ 9000 (ނުވަ ހާސް) ރުފިޔާ ހޯދާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ތަފާތު ކާބޯތަކެތީގެ އިތުރުން ކުޑަކުދިންނަށް ތަފާތު ކުޅިވަރުތަކާއެކު ކުރިޔަށްގެންދިޔަ މި މައުރަޒަށް ވަނީ ހަނިމާދޫގެ ކުދިބޮޑު ގިނަ ރައްޔިތުންނެއް ބައިވެރިވެފައެވެ.

ހަނިމާދޫ ސްކޫލްން މިފަދަ މައުރަޒެއް އެންމެ ފަހުން ބާއްވާފައިވަނީ 2018 ވަނަ އަހަރުއެވެ. އެފަހަރު ވަނީ 36000 (ތިރީސް ހަ ހާސް) ރުފިޔާ ހޯދާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ