ށ. ފުނަދޫގައި ގައި ބޭއްވި ޔުނިޓީ ކަޕް ވޮލީ މުބާރާތުގެ ތަށި ގުޑް އައިޑިއާ އަދި ކުރެދި ޗަނމޭލީ އުފުލާލައިފިއެވެ.
ރޭގެ ފުނަދޫ ޔޫތު ސެންޓަރު ވޮލީ ކޯޓުގައި ކުޅުނު ފުރަތަމަ ފިރިހެނުންގެ ފައިނަލް މެޗެވެ. ގުޑް އައިޑިއާ އާއި ޔަންގް ފޯސް ބައްދަލުކުރި މި މެޗު ސީދާ ދެ ސެޓުން ފަސޭހަކަމާއިއެކު ކާމިޔާބު ކުރީ ގުޑް އައިޑިޔާ އެވެ. ގުޑް އައިޑިއާ ސެޓުތައް ގެންގޮސްފައިވަނީ 21-18 އަދި 21-19 ންނެވެ. ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ގުޑް އައިޑިއާގެ ޒަރީރު އެވެ.
މި މުބާރާތުގެ ފިރިހެން ވޮލީގެ ވަނަތައް ހޮވުނު ފަރާތްތައް ތިރީގައި އެވަނީއެވެ.
ޗެމްޕިއަން ޓީމް : ގުޑް އައިޑިއާ
ރަނަރަޕް ޓީމް : ޔަންގް ފޯސް
ބެސްޓް ޕްލޭޔަރ : ކޯލާ (ގުޑް އައިޑިއާ)
އެންމެ އުއްމީދީ ކުޅުންތެރިޔާ : މާއްޓޭ (ޔަންގް ފޯސް)
35 އަހަރުން މަތީގެ އެންމެ މޮޅު ކުޅުން ތެރިޔާ : ޒަރީރު (ގުޑް އައިޑިއާ)
ފެއަރ ޕްލޭ ކުޅުންތެރިޔާ : އަދުރޭ (ޔަންގް ފޯސް)
ބެސްޓް ކޯޗް : އިއްސޭ (ގުޑް އައިޑިއާ)
އެންމެ މޮޅު 04 ކުޅުންތެރިން (ފިރިހެން)
ޢަބްދުއްރަޙްމާން އާދަމް (ގުޑް އައިޑިއާ)
މުޙައްމަދު ރިއްފަތު (ހުއްރިއްޔާ)
ތާރިޤު މުޙައްމަދު (ޔަންގް ފޯސް)
އަޙްމަދު އިބްރާހީމް ފުޅު (ޔަންގް ފޯސް)
އަންހެނުންގެ ފައިނަލްގައި ވާދަކުރީ ފްލައި ބާރޑްސް އާއި ކުރެދި ޗަމޭލީ އެވެ. ސީދާ ދެ ސެޓުން މި މެޗު ކާމިޔާބުކުރީ ކުރެދި ޗަމޭލީގެ ޓީމެވެ. ފުރަތަމަ ސެޓް ކުރެދި ޗަމޭލީ ގެންގޮސް ފައިވަނީ ފަސޭހަކަމާއިއެކު 21-15 ން ނެވެ. ދެ ވަނަ ސެޓް ނިމުނީ 21-18 ން ކުރެދި ޗަމޭލީ ކޮޅަށް ބުރަ ވެގެންނެވެ. އަންހެނުން ފައިނަލްގެ ކްއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ކުރެދި ޗަމޭލީގެ ޝެހޭ އެވެ.
މި މުބާރާތުގެ އަންހެނުންގެ ވޮލީގެ ވަނަތައް ހޮވުނު ފަރާތްތައް ތިރީގައި އެވަނީއެވެ.
ޗެމްޕިއަން ޓީމް : ކުރެދި ޗަމޭލީ
ރަނަރަޕް ޓީމް : ފްލައި ބާރޑްސް
ބެސްޓް ޕްލޭޔަރ : އާގީ (ކުރެދި ޗަމޭލީ)
އެންމެ އުއްމީދީ ކުޅުންތެރިޔާ : ޒައިނާ (ފެލްކަން)
35 އަހަރުން މަތީގެ އެންމެ މޮޅު ކުޅުން ތެރިޔާ : މުނީރާ (ކުރެދި ޗަމޭލީ)
ފެއަރ ޕްލޭ ކުޅުންތެރިޔާ : ނަޖޫ (ފްލައި ބާރޑްސް)
ބެސްޓް ކޯޗް : ވައްޑެ (ކުރެދި ޗަމޭލީ)
އެންމެ މޮޅު 04 ކުޅުންތެރިން (އަންހެން)
އާގިލް ހާމިދު (ކުރެދި ޗަމޭލީ)
ލީލާ ހާމިދު (ފްލައި ބާރޑްސް)
އަޒީމާ މުޙައްމަދު (ސޭފް ސެޓްސް)
ޝެހެރީޒާ ރަޝީދު (ކުރެދި ޗަމޭލީ)


