ފައިނޭންޝަލް ޖަރނަލިޒަމް ވޯރކްޝޮޕެއް ބާއްވައިފި

ޚަބަރު ފަހުގެ

މޯލްޑިވްސް މީޑިއާ ކައުންސިލާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން، ފައިނޭންޝަލް ޖަރނަލިޒަމްގެ ނަމުގައި ވޯރކްޝޮޕެއް ބާއްވައިފިއެވެ.

މި ވޯރކްޝޮޕް ބާއްވާފައިވަނީ މެންހެޓަން ބިޒްނަސް ހޮޓެލްގައެވެ. ފަސް ސެޝަނަކަށް ބަހާލައިގެން ބޭއްވި މި ވޯރކްޝޮޕްގައި؛ އިގްތިސާދުގައި ބޭންކުތަކުން އަދާކުރާ ދައުރާއި، ލޯނު ދޫކުރުމުގައި ބޭންކުން ބަލާ މިންގަނޑުތަކާއި، ޑިޖިޓަލް ބޭންކިންގ ކުރިއަރަމުން އަންނަ ގޮތުގެ މައުލޫމާތުވެސް ވަނީ ހިއްސާކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން މަނީ ލޯންޑަރިންގއާއި ޓެރަޒިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް މާލީ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާއި، ފައިނޭންޝަނަލް އެނަލިސިސް، އަދި ރިޕޯޓްތައް ބަލައި ރިޕޯޓްކުރާނެގޮތުގެ މައުލޫމާތުވެސް ބައިވެރިންނަށް ވަނީ ދީފައެވެ.

އޮޅުވާލައިގެން ފައިސާ ހޯދަމުންދާ ގޮތްތަކާއި އެއިން އާންމުން ރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން މިފަދަ ހާލަތްތަކުގައި ބޭންކުން ކުރަމުންދާ މަސައްކަތްތައްވެސް މި ވޯރކްޝޮޕްގައި ވަނީ ކިޔައިދީފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ