ކުރީގެ އިންފޮމޭޝަން މިނިސްޓަރު އިބްރާހިމް މަނިކު އަވަހާރަވެއްޖެ

ޚަބަރު މީހުން ފަހުގެ

ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ ކުރީގެ އިންފޮމޭޝަން މިނިސްޓަރު މ. ސަމަރުބްލޫ، އިބްރާހީމް މަނިކު (ސަމަރޭ) އަވަހާރަވެއްޖެ އެވެ.

އިބްރާހީމް މަނިކު އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އިންޑިއާގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ހެނދުނެވެ.

އިޝްތިހާރު
އިޝްތިހާރު

އިބްރާހިމް މަނިކު ވަނީ 1974 އިން ފެށިގެން 2006 އާ ހަމައަށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި ވަރަށް ގިނަ އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފަ އެވެ. އަދި އެ ދާއިރާއަށް ގިނަ ބަޔަކު ނެރެދެއްވާފަ އެވެ.

އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވިއިރު، މަޝްހޫރު އެތައް ޕްރޮގްރާމްތަކެއް އުފައްދަވައިފަ އެވެ. މިގޮތުން “ބާއްޖަވެރި ހެނދުނު” އާއި ޑްރާމާތައް ކަމަށްވާ “ގިތެޔޮގުޅިން ނެގި ލޯބި” އާއި “ނެގި ގާގަނޑު” ފަދަ އުފެއްދުންތަކަކީ އިބްރާހީމްގެ މަނިކުގެ ދައުރު ވަރަށް ބޮޑު އުފެއްދުންތަކެކެވެ.

އިބްރާހިމް މަނިކުގެ ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ފުރަތަމަ ފަހަރަށް ބޭއްވި “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022” ޙަފްލާގައި އެ މަނިކުފާނަށް ވަނީ ބްރޯޑްކާސްޓިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފަ އެވެ. އަދި 1996 ގައި އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް ވެސް ލިބިވަޑައިގެންފައިވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ