ކ.ގުޅިފަޅު އަލިފާނުގެ ހާދިސާ : އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިއްޖެ

ޚަބަރު ފަހުގެ

ކ.ގުޅިފަޅު އެކޮމަޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު ގެއްލުނު މީހާ ހޯދުމަށް ކުރެވުނު މަސައްކަތުން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެއީ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއްތޯ އާއި ގެއްލިގެން އުޅޭ މީހާގެ ހަށިގަނޑުގެ ބައިތަކެއްތޯ ކަށަވަރު ކުރުމަށް ކުރަންޖެހޭ ތަހުލީލުތައް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ އެފްކޮންސްގެ މުވައްޒަފުން ދިރިއުޅެމުންދާ އެކޮމަޑޭޝަން ބްލޮކެއްގަ އެވެ.

މި ހާދިސާގައި 78 މީހަކަށް އެކި ވަރުގެ އަނިޔާ ވެގެން ހޮސްޕިޓަލަށް ގެންދިޔަ އިރު އޭގެ ތެރެއިން 32 މީހަކު އެޑްމިޓުކޮށް އަންނަނީ ފަރުވާ ދެމުންނެވެ. އަދި ކުދި އަނިޔާތައް ލިބުނު 24 މީހުންގެ ތެރެއިން ހަތަރު މީހަކު އޮޕަރޭޝަންކޮށްފައިވާއިރު، ބާކީ ތިބި މީހުން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އެފްކޮންސް އިން މައުލޫމާތުދެ އެވެ.

އެފްކޮންސް އިން ބުނީ އަލިފާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި މުވައްޒަފުންނަށް ދޭންޖެހޭ މުސާރަ ނުދީ ނުހުންނާނެ ކަމަށާއި ހުރިހާ އުޖޫރައެއް ވަގުތުން ދެމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.

މީގެއިތުރުން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށްވެސް އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ