ގުޅިފަޅުން އިތުރު މިނިކަށިތަކެއް ފެނިއްޖެ

ޚަބަރު ފަހުގެ

ކ.ގުޅިފަޅު އެކޮމަޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން އިތުރު މިނިކަށިތަކެއް ފެނިއްޖެ އެވެ.

ގުޅިފަޅު އެކޮމަޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު ގެއްލުނު މީހާ ހޯދުމަށް ކުރެވުނު މަސައްކަތުން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް މިދިޔަ އާދީއްތަ ދުވަހު ވަނީ ފެނިފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފުލުހުން ބުނީ ރޭގެ ވަގުތެއްގައި އިތުރު ކަށިތަކެއް ފެނިފައިވާ ކަމަށާއި މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި، ކުރަން ޖެހޭ ތަހުލީލުތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ އެފްކޮންސްގެ މުވައްޒަފުން ދިރިއުޅެމުންދާ އެކޮމަޑޭޝަން ބްލޮކެއްގަ އެވެ.

މި ހާދިސާގައި 78 މީހަކަށް އެކި ވަރުގެ އަނިޔާ ވެގެން ހޮސްޕިޓަލަށް ގެންދިޔަ އިރު އޭގެ ތެރެއިން 32 މީހަކު އެޑްމިޓުކޮށް އަންނަނީ ފަރުވާ ދެމުންނެވެ. އަދި ކުދި އަނިޔާތައް ލިބުނު 24 މީހުންގެ ތެރެއިން ހަތަރު މީހަކު އޮޕަރޭޝަންކޮށްފައިވާއިރު، ބާކީ ތިބި މީހުން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އެފްކޮންސް އިން މައުލޫމާތުދެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ