ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަށް އިންޑިއާގެ އަސްކަރީ ދެ މަތިންދާ ބޯޓު ޖައްސައިފި

ހަނިމާދޫ ޚަބަރު ފަހުގެ


ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަށް އިންޑިއާގެ އަސްކަރީ ދެ މަތިންދާ ބޯޓު ޖައްސައިފިއެވެ.

މި ދެ މަތިންދާ ބޯޓުވެސް އެ އެއަރޕޯޓަށް ޖައްސާފައި ވަނީ މިއަދު ހެނދުނުއެވެ. މި ގޮތުން ޖެއްސި ފުރަތަމަ މަތިންދާ ބޯޓު އެ އެއަރޕޯޓަށް ޖައްސާފައި ވަނީ ހެނދުނު 10:25 ހާއިރެވެ. އަނެއް ބޯޓު ޖެއްސީ އޭގެ ދިހަވަރަކަށް މިނެޓް ފަހުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ މިއީ ސިލްސިލާކޮށް ރާއްޖޭގެ އީއީޒެޑް ބެލުމަށް އެމްއެންޑީއެފްގެ ކޯސްޓް ގާޑުގެ ސިފައިންނާއި ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ގައި އިންޑިއާ ސިފައިން މިމަހުގެ 16ގެ ނިޔަލަށް ތިބޭނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ