ހަނިމާދޫގައި ކުރިޔަށްދިޔަ ރައީސް އިބޫގެ ކެންޕޭން ނިންމާލުމުގެ ހަރަކާތަށް ފިނިތަރުހީބެއް ލިބިއްޖެއެވެ.
މާދަމާ ބާއްވާ އެމްޑީޕީ ރިޔާސީ ޕުރައިމަރީގައި ވާދަކުރާ ރައީސް އިބޫގެ ފަޅިން ވަނީ މިއަދު ހަނިމާދޫގައި ހިނގާލުމެއް ކުރިޔަށް ގެންގޮސްފައެވެ.
މި ހަރަކާތުގައި ޕުރައިމަރީގައި ވޯޓު ނުލެވޭ ސަރުކާރު ކުންފުނިތަކުގެ ބައެއް ރައްޔިތުން ވަނީ ބައިވެރި ވެފައެވެ. ހިގާލުމުގައި ބައިވެރި ވެފައިވަނީ 50 ވަރަކަށް މީހުންނެވެ.
ސިޔާސީ ހަރަކާތްތަކުގައި ކުޑަކުދިން ބައިވެރި ކުރުމަކީ ގާނުނީ ގޮތުން މަނާކަމެކެވެ. ނަމަވެސް މި ހަރަކާތުގައި ވަނީ ކުޑަކުދިންވެސް ބައިވެރި ކޮށްފައެވެ.


