ހދ. ކުޅުދުއްފުށިން ނިޔާވި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. އޭނާ ނިޔާވެފައި ވަނީ ރޭގެ ވަގުތެއްގައެވެ. މިމީހާއަކީ ދިގު މުއްދަތަކަށް ބޭސްކުރާ މީހެކެވެ. އޭނާ އަށް ފަރުވާ ދީފައިވަނީ ކޭޕީއެލް ގެސްޓްހައުސްގައި ބާއްވައިގެންނެވެ. މިއީ ކުޅުދުއްފުށީގައި ހުންނަ ކަރަންޓީން ފެސިލިޓީއެވެ.
ނިޔާވެފައިވަނީ ހއ ކެލާއިން ފަރުވާހޯދުމަށް ކުޅުދުއްފުއްޓަށް އައިސް ހުރި 58 އަހަރުގެ ފިރިހެނެކެވެ. އެމީހަކީ މާލެއިން ކެލާއަށް ދަތުރުކޮށް ހޯމް އައިސޮލޭޝަންގައި ހުރި މީހެކެވެ.
އެމީހާ ބަލިވެގެން ކުޅުދުއްފުއްޓަށް ގެނެސްފައިވަނީ އިއްޔެ އެވެ. އެމީހާ ކޭޕީއެލްގެ އައިސޮލޭޝަން ފެސިލިޓީގައި ހުރީ މާލެ ދަތުރުކޮށް ކަރަންޓީންގެ މުއްދަތު ހަމަނުވާތީ އެވެ.


