މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަން ހުޅުވައިފި

ޚަބަރު ފަހުގެ

މާލެ އަދި ވިލިމާލޭގެ އާންމު ސަރަޙައްދުތަކުން ކުނި ނެގުމުގެ މަސައްކައްތައް ހަރުދަނާ ކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަން މިއަދު ހުޅުވައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަން ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ވޭސްޓް މެނޭޖްމެންޓް ސެކްޝަން ހުޅުވައިދެއްވުމަށްފަހު މޭޔަރު މުޢިއްޒު ވިދާޅުވީ މި ހުޅުވުނު އޮފީހަކީ މާލެ ސިޓީ ކައުންސިލުން މާލެތެރެ ކުނިކަހާ އަދި ކުނިނަގާ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާއި ހަވާލުވެ އެ މަސައްކަތާއި ގުޅޭ އިދާރީ ކަންކަން ކުރިއަށް ގެންދިއުމަށް ޖާގަ ނެތުމާއެކު، ޖާގަ ހަމަޖެއްސުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރެއިން ހުޅުވުނު އޮފީހެއްކަމަށެވެ.

މޭޔަރު ވިދާޅުވީ އެންމެފަހުން މާލޭ މުނިސިޕަލްޓީގައި މާލޭގައި ވޭސްޓް މެނޭޖްމެންޓް މަސައްކަތް ކުރިއަށް ގެންގޮސް އެތައް އަހަރުތަކަކަށްފަހު މިހާރު އަނެއްކާވެސް މި މަސައްކަތް ފެށިފައިވާކަމަށެވެ.

މޭޔަރު ވިދާޅުވީ މިއީ މާލެ ސިޓީގެ ރައްޔިތުންނާއި ގާތުން ރައްޔިތުން އިންތިޚާބު ކޮށްފައިތިބި ކައުންސިލަރުންގެ ބެލުމުގެ ދަށުން މާލެތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާ ގޮތެއްގައި ގެންދިއުމަށް އެޅުނު ވަރަށްބޮޑު ފިޔަވަޅެއްކަމަށެވެ. އަދި މި އޮފީސް ހުޅުވިގެން ދިއުމަކީ ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމުގައި މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވަނީ ކުރިއަށް މިއޮތް ދެތިން ހަފްތާގެތެރޭގައި އިތުރު ފިޔަވަޅުތައް އެޅި މާލެތެރެ ސާފުކުރުން ހަރުދަނާ ކުރުން އިތުރުވެގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަން ހުންނާނީ މާލެ ސިޓީގެ ޢާއްމު ޚިދުމަތް ތަކާއިބެހޭބައިގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ