ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ސީނިޔަރ ހޭންޑް ބޯލް މުބާރާތް އާދީއްތަ ދުވަހު ހަވީރު ފަށައިފިއެވެ.
އާދީއްތަ ދުވަހު ދެ މެޗު ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކުރީ ފާށަނާ ހައުސްއާއި ހުރަވީ ހައުސް އެވެ. މިމެޗު 14-5 ކާމިޔާބު ކުރީ ފާށަނާ ހައުސެއެވެ. ކުއީން އޮފް ދަ މެޗަށް ހޮވުނީ ފާށަނާ ހައުސް ގެ ފާތިމަތު ނާޝްއެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ ދޮށިމޭނާ ހައުސްއާއި ގާޒީ ހައުސްއެވެ. މި މެޗު 10-2 ކާމިޔާބުކުރީ ގާޒީ ހައުސްއެވެ. ކުއީން އޮފް ދަ މެޗަށް ހޮވުނީ ގާޒީ ހައުސްގެ އާމިނަތު ދީނާއެވެ.

މިއަދުވެސް މި މުބާރަތުގެ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި 16:15 ގައި ބައްދަލު ކުރަނީ ދޮށިމޭނާ އަދި ފާށަނާ ހައުސް އެވެ. 5 ޖަހާއިރު ދެވަނަ މެޗުގައި ބައްދަލު ކުރަނީ ގާޒީ އަދި ހުރަވީ ހައުސްއެވެ. މެޗުތައް ކުރިޔަށް ދާނީ ހަނިމާދޫ އިޖުތިމާއި މަރުކަޒު މެޓު ޓާފު ދަނޑުގައެވެ.
މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިޓް ލިބޭ ދެ ޓީމް ފައިނަލްގައި ކުޅޭ ގޮތަށެވެ.
މެޗުތަށް ކުރިޔަށްދާއިރު ތަފާތު އެކި ބާވަތްތައް ލިބޭގޮތަށް ޕީޓީއޭ ކެންޓީން އެސަރަހައްދުގައި ކުރިޔަށް ގެންދާނެއެވެ.


