ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ސީނިޔަރ ހޭންޑް ބޯލް މުބާރާތުގެ ފައިނަލުގައި ވާދަކުރާނީ ފާށަނާ ހައުސް އަދި ގާޒީ ހައުސް ކަން ކަށަވަރު ވެއްޖެއެވެ.
މި ދެ ހައުސް ފައިނަލުގައި ވާދަކުރާކަން ކަށަވަރުވީ ކުޅުނު ދެމެޗުންވެސް އެ ދެ ހައުސްއިން ކާމިޔާބު ކުރުމުންނެވެ. އެގޮތުން މިއަދު މި މުބާރަތުގައި ފާށަނާ އަދި ދޮށިމޭނާ ބައްދަލު ކުރި މެޗު 9-8 ކާމިޔާބު ކުރީ ފާށަނާއެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަށް ހޮވުނީ ފާށަނާގެ ސާނިހާ މުހައްމަދުއެވެ.

ދެވަނަ މެޗުގައި ބައްދަލު ކުރީ ހުރަވީ ހައުސް އަދި ގާޒީ ހައުސްއެވެ. ފޯރިގަދަ ކުޅުމަކަށްފަހު މި މެޗު ކާމިޔާބު ކުރީ ގާޒީ ހައުސްއެވެ. އެއީ 7-6 ލަނޑުނެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަކީ ގާޒީ ހައުސް އާމިނަތު ދީނާއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހު 8 ވަނަ ދުވަހު ހަވީރު 16:15 ގައި ހަނިމާދޫ އިޖުތިމާއި މަރުކަޒު މެޓު ޓާފު ދަނޑުގައެވެ.
މާދަމާވެސް މި މުބާރާތުގެ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި 16:15 ގައި ބައްދަލު ކުރަނީ ދޮށިމޭނާ އަދި ހުރަވީ ހައުސް އެވެ. 5 ޖަހާއިރު ދެވަނަ މެޗުގައި ބައްދަލު ކުރަނީ ގާޒީ އަދި ފާށަނާ ހައުސްއެވެ.


