ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ސީނިޔަރ ހޭންޑް ބޯލް މުބާރާތުގެ ތަށި ގާޒީ ހައުސް އުފުލާލައިފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ސީނިޔަރ ހޭންޑް ބޯލް މުބާރާތުގެ ތަށި ގާޒީ ހައުސް އުފުލާލައިފިއެވެ.

މިއަދު ހަވީރު ހަނިމާދޫ އިޖުތިމާއި މަރުކަޒު މެޓު ޓާފު ދަނޑުގައި ކުޅެވުނު ފައިނަލް މެޗުގައި ފާށަނާ ހައުސް އާއި ވާދަކޮށް ގަޒީ ހައުސް ކަމިޔާބުކުރީ 7-6 ލަނޑުންނެވެ. މިމެޗުގެ ކުއީން އޮފް ދަ މެޗަށް ހޮވުނީ ގާޒީ ހައުސްގެ ގޯލް ކީޕާ މަލްދާ ބިންތު އަބޫބަކުރުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި އަހަރުގެ މުބާރަތުގެ މޮޅު 7 ކުޅުންތެރިން ތެރޭ ހިމެނިފައިވަނީ ފާށަނާ ހައުސްގެ ފާތުމަތު ނާޝް، މަނާލް އަބުދުލް އަޒީޒު، ހައްވާ ރާނިޔާ އިތުރުން ގާޒީ ހައުސްގެ އައިމިނަތު ދީނާ، މަލްދާ ބިންތު އަބޫބަކުރު، ޢާއިޝަތު އިމްނާ، އަދި ދޮށިމޭނާ ހައުސްގެ އައިމިނަތު ރާނިޔާއެވެ.

ޓީމަށް އެންމެ ފައިދާ ހޯދައިދިން ކޯޗަކަށް ހޮވުނީ ގާޒީ ހައުސްގެ ކޯޗު ނާހިދާ މުހައްމަދުއެވެ.

ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ސީނިޔަރ ފުޓުސަލް މުބާރާތް މާދަމާ ފަށާނެއެވެ. މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ އިޖުތިމާއި މަރުކަޒު މެޓު ޓާފު ދަނޑުގައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ދޮށިމޭނާ ހައުސް އަދި ހުރަވީ ހައުސް އެވެ. ދެވަނަ މެޗުގައި ގާޒީ ހައުސް އަދި ފާށަނާ ހައުސް އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ