ކޮރަޕްޝަނުގެ ތުހުމަތުކުރެވޭ ހަނިމާދޫ ކައުންސިލްގެ ރައީސް ހދ އަތޮޅު ކައުންސިލް ނައިބަކަށް އިންތިހާބު ކޮށްފި

ޚަބަރު ފަހުގެ

ކޮރަޕްޝަނުގެ ތުހުމަތުކުރެވޭ ހަނިމާދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުއްސައްތާރު ޙަސަން ހދ އަތޮޅު ކައުންސިލް ނައިބަކަށް އިންތިހާބު ކޮށްފިއެވެ.

އޭނާ އެމަގާމަ އިންތިހާބުކުރީ މިއަދު ބޭއްވި ހދ. އަތޮޅު ކައުންސިލްގެ 79 ވަނަ ޢާންމު ބައްދަލުވުމުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހދ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސްގެ މަޤާމު ހުސްވެފައިވަނީ، ކުރީން އެމަޤާމުގައި ހުންނެވި، ކުމުންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަމީން މުޙައްމަދު 15 ޖަނަވަރީ 2023 ގައި އެމަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެއާއެކު ނައިބު ރައީސްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުން، އެ މަޤާމަށް ކުރިމަތި ލައްވާފައިވަނީ ޢަބްދުއްސައްތާރު ޙަސަންގެ އިތުރުން ވައިކަރަދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޒާމިރެވެ.

ނާއިބު ރައީސް އިންތިޚާބު ކުރުމަށް ނެގުނު ވޯޓުގައި އަބްދުއްސައްތާރު ޙަސަންއަށް ލިބިވަޑައިގެންފައިވަނީ 7 ވޯޓެވެ. އަދި ޢަބްދުﷲ ޒާމިރަށް ލިބިވަޑައިގަތީ 4 ވޯޓެވެ. މިޖަލްސާގައި ބައިވެރިވަޑައިގެންފައިވަނީ 11 މެންބަރުންނެވެ.

ސައްތާރުގެ މައްޗަށް އޭސީސީން ދައުވާކޮށްދިނުމަށްއެދި ޕިޖީއަށް ފޮނުވާފައިވަނީ ސައްތާރުއާއި އާއިލީގޮތުން ގުޅުން ހުރި ހަނިމާދޫ އަމިއްލަ ފަރުދަކަށް 128 އަކަފޫޓުގެ ބިމެއް އުޞޫލުތަކާ ޚިލާފަށް ހަނިމާދޫ ބަނދަރު ސަރަޙައްދުން 15 އަހަރުގެ މުއްދަތަށް ދީފައިވާ މައްސަލައެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ