ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ސީނިޔަރ ފުޓުސަލް މުބާރާތުގެ ތަށި ގާޒީ ހައުސް އުފުލާލައިފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ސީނިޔަރ ފުޓުސަލް މުބާރާތުގެ ތަށި ގާޒީ ހައުސް އުފުލާލައިފިއެވެ. ގާޒީ ހައުސް މި މުބާރާތުގެ ތަށި އުފުލާލީ ދޮށިމޭނާ ހައުސްއާ ބައްދަލުކޮށް 5-3 ގެ ނަތީޖާއަކުންނެވެ.

މިއަދު ހަވީރު ހަނިމާދޫ އިޖުތިމާއި މަރުކަޒު މެޓު ޓާފު ދަނޑުގައި ކުޅެވުނު ފޯރިގަދަ ފައިނަލް މެޗު ފުރަތަމަ ހާފް ނިންމާލީ 1-1 އެއްވަރުގައި އޮވެގެންނެވެ. ދެވަނަ ހާފު ކުޅެން ފެށިތަނާހެން ދޮށިމޭނާއިން ވަނީ ކައިރި ކައިރިން ދެ ލަނޑު ކާމިޔާބުކޮށް މެޗުގެ ސްކޯ 3-1 ބަދަލު ކޮށްފައެވެ. ނަމަވެސް މާގިނައިރު ތަކެއްނުވަނީސް ދޮށިމޭނާ ހައުސް ޑިފެންސުން ހެދުނު ގޯހަކާއެކު ގާޒީ ހައުސްއިން ވަނީ ލަނޑެއް ކަމިޔާބުކޮށް 2-3 އަށް ނަތީޖާބަދުލު ކޮށްލާފައެވެ. އެއަށްފަހު އެޓީމުގެ ކުޅުން ވަރުގަދަކޮށް މެޗު ނިންމާލީ 5-3 ލަނޑުގެ ތަފާތަކުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފައިނަލް މެޗުގެ ހައިލައިޓް

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގާޒީ ހައުސްގެ ޖާޒީ ނަންބަރު 11 މުހައްމަދު ނާސިފްއެވެ.

މިއަދު ކުޅެވުނު ފައިނަލް މެޗަށްފަހު ވަނީ މުބާރާތް ކުރިޔަށް ގެންދިއުމަން އެހީތެރިވި ފަރާތްތަކަށާއި މުބާރާތު ވަނަތަކަށް ހޮވުނު ފަރާތްތަކަށް ތަށްޓާ މެޑެލް އަދި ސެޓްފިކެޓް ހަވާލުކޮށްފައެވެ.

އެގޮތުން މުބާރާތުގައި ޓީމަށް އެންމެ ފައިދާ ކުރުވަނި ކޯޗަކަށް ހޮވުނީ ގާޒީ ހައުސްގެ ކޯޗު ހަސަން ޒިޔާދުއެވެ. އަދި މުބާރާތުގެ ފެއާރ ޕުލޭ ކުޅުންތެރިޔަކަށް ހޮވުނީ ގާޒީ ހައުސްގެ މުހައްމަދު ޔައިޝް ނާސިރުއެވެ.

ފައިދާ ކުރުވަނި ކޯޗު

މުބާރާތުގެ މޮޅު ފަސްކުޅުންތެރިންގެ ގޮތުގައި ހިމެނުނީ ހުރަވީ ހައުސްގެ ހުސެން އަކުމަލް އާއި ދޮށިމޭނާ ހައުސްގެ ޝައިމަން އިބުރާހިމާއި ނާއިލް ޔޫސުފް ގެ އިތުރުން ފާށަނާ ހައުސްގެ މުހައްމަދު ޒަމާއު އަމްޖަދު އަދި ގާޒީ ހައުސްގެ އަފްރާހް ހަސަންއެވެ.

ފެއާރޕުލޭ ކުޅުންތެރިޔާ އަދި މޮޅު ފަސްކުޅުންތެރިން

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ