ކުޅުދުއްފުށި ސިޓީގައި ޑްރައިވިންގ ޓްރެކް ހަދައިދޭނެ ފަރާތެއް ހޯދުމަށް ހދ އަތޮޅު ކައުންސިލުން އިއުލާން ކޮށްފި

ޚަބަރު ފަހުގެ

ކުޅުދުއްފުށި ސިޓީގައި ޑްރައިވިންގ ޓްރެކް ހަދައިދޭނެ ފަރާތެއް ހޯދުމަށް ހދ އަތޮޅު ކައުންސިލުން އިއުލާން ކޮށްފިއެވެ.

ހދ.އަތޮޅު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި، ކުޅުދުއްފުށި ސިޓީގައި ޤާއިމްކުރާ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިހާނު ހެދުމަށް ބޭނުންވާ ޑްރައިވިންގ ޓްރެކް އަޅައިދޭނެ ފަރާތެއް ހޯދުމަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަދި މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެކަމަށް ހާއްސަ ކޮށްފައިވާ އޮންލައިން ލިންކް ބޭނުން ކޮށްގެން ކުރިޔަށް ދިއުމަށްވެސް އެ އިއުލާނުގައިވެއެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުމުގެ އެންމެ ފަހުގެ ވަގުތަކީ މި މަހުހުގެ 20 ވަނަ ދުވަހު 14:00 ހަމައަށެވެ. ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމުން ބީލަމާއިގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބޭނެކަމަވެސް އެ ކައުންސިލުން ބުނެފައިވެއެވެ.

ބީލަން ހުޅުވުން މާޗު 1 ވަނަ ދުވަހު 11:00 ގައި ހދ.އަތޮޅު ކައުންސިލް މީޓިންގރޫމްގައި ކުރިޔަށްދާ ގޮތަށް އޮތްއިރު ބީލަމުގައި ބައިވެރިވެވޭނީ އޮލައިންކޮށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް ހދ.އަދޮޅު ކައުންސިލުގެ އިއުލާނުގައި ބުނެފައިވެއެވެެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ