ހަނިމާދޫ ސްކޫލުގެ ފުރަތަމަ އޮންލައިން ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ސްކޫލުގެ ފުރަތަމަ އޮންލައިން ޤުރުއާން މުބާރާތް ބާއްވަންނިންމާ، މުބާރާތުގައި ބައިވެރިވާން ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ ދަރިވަރުންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ތަޖުވީދު ހަމަތަކުގެ މަތިން ދަރިވަރުން ޤުރުއާން ކިޔެވުމަށް ބާރު އެޅުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މުބާރާތާއި ބެހޭގޮތުން ގޮށްކޮޅަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ސްކޫލްގެ ދީނީ ރޫޙް ކުލަބުގެ އިންޗާޖު ޔުނައިނާ މުޙައްމަދު ވިދާޅުވީ، މުބާރާތުގައި ބައިވެރި ވުމަށް އެކަމަށް ހާއްސަ ކޮށްފައިވާ ގޫގުލް ފޯމެއް ފުރަން ޖެހޭނެ ކަމަށެވެ. މި މަހުގެ 10 ވަނަ ދުވަހުގެ 23:59 ގެ ކުރިން ބައިވެރިވާ ފޯމް ލާންޖެހޭއިރު، ބައިވެރިންގެ ކިޔެވުންތައް މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 26 ވަނަދުވަހު 14:00ގެ ކުރިން ފޮނުވަން ޖެހޭނެކަމަށެވެ.

މުބާރާތް ކުރިއަށް ގެންދާ ގޮތާބެހޭ ގޮތުން ޔުނައިނާ ވިދާޅުވީ ކިޔެވުން ކުރިޔަށް ދާނީ ދަރިވަރުން 4 ކީ-ސްޓޭޖަށް ބަހާލައިގެންކަމަށެވެ. ކީ-ސްޓޭޖު 1 ކިޔަވާނީ ފަޖުރު ސޫރަތުން 29 ވަނަ ފޮތުގެ ނިޔަލަށެވެ. ކީ-ސްޓޭޖް 2 ކިޔަވާނީ 28 ވަނަފޮތުން ފެށިގެން 26 ވަނަ ފޮތުގެ ނިޔަލަށެވެ. ކީ-ސްޓޭޖް 3 ކިޔަވާނީ 26 ވަނަ ފޮތުން ފެށިގެން 24 ވަނަ ފޮތުގެ ނިޔަލަށެވެ. އަދި ކީ-ސްޓޭޖް 4 ކިޔަވާނީ 25 ވަނަ ފޮތުން ފެށިގެން 21 ވަނަ ފޮތުގެ ނިޔަލަކަމަށެވެ.

މި މުބާރަތުގައި ދަރިވަރު ކިޔަވާނެ ތަން ކަނޑަ އެޅުމަށް ގުރުއަތެއް ލާނެއެވެ. މި ގުރުއަތުލުން އޮންނާނީ ކީ-ސްޓޭޖް ތަށް ވަކިން އޮންލައިން ބައްދަލުވުމެއްގައެވެ. އަދި ކޮންމެ ދަރިވަރަކުވެސް ކިޔަވާނީ 8 ފޮޅުވަތެވެ. ކިޔެވުން ރިކޯޑް ކުރަންވާނީ ޤުރުއާން ކިޔެވުމުގެ އަދަބު އަހުލާގަށް ފެތޭ ހެދުމެއްގައި، އެފަދަ ކަމެށް ކުރުމަށް އެކަށޭނަމަހުލެއްގައިކަމަށެވެ. އަދި މަންޒަރާއި ކިޔަވާ އަޑު ސާފުވާނެހެން ރިކޯޑް ކުރަން ސަމާލުކަން ދޭން ވާނެކަމަށް ދީނީ ރޫޙް ކުލަބުގެ އިންޗާޖު ޔުނައިނާ ވިދާޅުވިއެވެ.

މި މުބާރާތުގައި ހޮވާ ވަނަތަކަކީ

  • މުޅި މުބާރާތުން ( 4 ކީ- ސްޓޭޖުން) 1، 2، 3 ވަނަ ދަރިވަރު
  • ބަހާލެވިފައިވާ ކީ- ސްޓޭޖު ތަކުން 1، 2، 3 ވަނަ ދަރިވަރު

މި މުބާރަތުގެ ކިޔެވުންތައް ހަނިމާދޫ ސްކޫލް ފޭސްބުކް ޕޭޖަށް ލުމަށް ވަނީ ހަމަޖެހިފައެވެ.

ބައިވެރި ވާން ފުރާ ފޯމު ފުރުމަށް ފިތްތާލާ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ