ކާމިޔާބީއާ ހަމައަށް ދެވޭނީ އެމީހެއްގެ ވަގުތު ސަލާމަތްކުރި މީހަކަށް: ޝައިޚް އާމިރު

ފަހުގެ ދީން

ކާމިޔާބީއާ ހަމައަށް ދެވޭނީ އެމީހެއްގެ ވަގުތު ސަލާމަތްކުރި މީހަކަށްކަމަށް، އައްޝައިޚް އަބްދުﷲ އާމިރު ވިދާޅުވެއްޖެއެވެ.

އާމިރު މިފަދައިން ވިދާޅުވީ ހދ. ކުޅުދުއްފުށީގައި ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ 6 ވަނަ އިހްޔާ ފޯރަމްގައި ތަގުރީރުކުރައްވަމުންނެވެ. “އިސްލާމީ ނަޒަރަކުން ވަގުތު” މި މައުލޫއަށް ކުޅުދުއްފުށި ސިޓީގައި ތަގުރީރުކުރެއްވީ ޝައިޚް އަބްދުﷲ އާމިރުއާއި ޝައިޚް އަލީ ޒައިދުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް އާމިރު ވިދާޅުވީ ވަގުތު އެންމެ ހެޔޮގޮތުގައި ބޭނުން ކުރެވޭނީ ހަޔާތުގެ ލަނޑުދަނޑިއެއް އޮތް މީހަކަށް ކަމަށެވެ. ދުނިޔެމަތީގައި ލިބޭ ކާމިޔާބީތަކަކީ ވަގުތީ ކާމިޔާބީތަކެއްކަމަށާއި ނަމަވެސް ހަޤީޤީ ކާމިޔާބަކީ ސުވަރުގެއަށް ދެވުންކަމުގައި ވިދާޅުވިއެވެ. މާތްﷲ ގެ ވަޙީ ބަސްފުޅުތަކަށް ބައްލަވަމުން ޝައިޚް ވިދާޅުވީ ސުވަރުގެ ވަންނަ މީހާ ކާމިޔާބުވެއްޖެކަމަށް މާތް ﷲ ވަޙީ ކުރައްވާފައިވާ ކަމަށާއި ކާމިޔާބާ ހަމައަށް ދެވޭނީ އެމީހެއްގެ ވަގުތު ސަލާމަތްކުރާ މީހާއަށް ކަމަށެވެ.

ސުވަރުގެއާ ހަމައަށް އިންސާނާއަށް ދެވޭނީ ޒުވާން އުމުރުގައި ހެޔޮކަންތައްކޮށް މާތްﷲ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބަހައްޓައި ވަގުތު ހެޔޮގޮތުގައި ބޭނުން ކުރުމުން ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އިންސާނެއްގެ އެއްދުވަސް ހޭދަކުރާ ގޮތަށް ބަލައި، މާތް ﷲގެ ރުއްސެވުން ހޯދުމަށްޓަކައި މަސައްކަތް ކުރެވެނީ ކިހާ ވަގުތަކަށްތޯ ސުވާލުކުރެއްވިއެވެ.

އެހެންކަމުން އިންސާނެއްގެ އެއްދުވަސް ހޭދަކުރާ ގޮތަށް ބަލައި، މާތް ﷲގެ ރުއްސެވުން ހޯދުމަށްޓަކައި މަސައްކަތް ކުރެވެނީ ކިހާ ވަގުތަކަށްތޯ ސުވާލުކުރެއްވިއެވެ.

މުސްލިމެއްގެ ހަޔާތުގެ ކޮންމެ ކަމެއްވެސް ބިނާވާންޖެހޭނީ ނަމާދުކުރުމާއި ޤުރުއާން ކިޔެވުމާއި ދުނިޔަވީ މަސައްކަތްތަކާއި އާއިލާއާއި އަމިއްލަ ނަފްސަށް ވަގުތު ދީގެން ކަމަށާއި މިކަންކަމަށް ވިސްނަން ޖެހޭކަމަށް ޝައިޚް އާމިރު ވިދާޅުވިއެވެ.

ޝައިޚް އާމިރު ވަނީ ވަގުތު ހެޔޮގޮތުގައި ބޭނުންކުރުމަށް ކުރެވިދާނެ ކަންކަމަށްވެސް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ. އެގޮތުން ފަހުން ކަންކަން ކުރުމަށް ނުބެހެއްޓުމާއި ބައެއް ކަންކަމުގައި ނޫނެކޭ ބުނުމުގެ މުހިންމުކަމާއި ކުރަންޖެހޭ ކަންކަން ބަދަލު ކުރިއަސް ކުރާ ކަންކަން ދޫކޮށް ނުލުމާއި، އެއްކަހަލަ ކަންކަން އެއް ވަގުތެއްގައި ކުރުމުގެ މުހިންމުކަމަށް ވަނީ ބައްލަވާފައެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ޢަލީ ޒައިދު ވީދާޅުވީ ވަގުތު ގަންދެއްވައި މާތް ﷲ ބަސް ވަޙީކުރެއްވިކަމަށެވެ. އަދި ސުންނަތުގައި ވަގުތު ބަޔާންވެގެންވާ ގޮތަށް ބައްލަވާލެއްވިއެވެ. ޤިޔާމަތްދުވަހު މުކައްލަފާ ކުރެވޭ އަސާސީ ސުވާލުން ދެ ސުވާލު ގުޅިފައިވަނީ ވަގުތާކަމަށް ވިދާޅުވިއެވެ. އެގޮތުން ޒުވާންކަމާއި އުމުރަށް ޝައިޚް ބައްލަވާ ލެއްވިއެވެ. ވަގުތު ހެޔޮގޮތުގައި ބޭނުން ކުރެވޭނެ ގޮތްތަކަށް ބައްލަވައި، ވަގުތުގެ ޚާއްސަ ބައެއް ސިފަތަކަށް ވެސް މި ފޯރަމްގައި ޝައިޚް ޒައިދް ވަނީ ވަރަށް ތަފްސީލުކޮށް ބައްލަވާ ލައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ