މަނަދޫގައި ދުވަސްވީ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

ޚަބަރު ފަހުގެ

ނ. މަނަދޫގައި އުމުރުން ދުވަސްވީ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން މިރޭ ބުނީ މަނަދޫގައި ގެއެއްގައި އެކަނި ދިރިއުޅެމުން އަންނަ އުމުރުން 62 އަހަރުގެ އަންހެނެއްގެ ހަބަރެއް ނުވާ ކަމަށް މިއަދުގެ 18:13 ހާއިރު ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އެގެއަށް ގޮސްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އެ ގެއަށް ދިއުމަށްފަހު އޭނާ ދިރިއުޅޭ ގޭގައި ހުންނަ އޭނާގެ ކޮޓަރީގެ ދޮރު ވައްޓާލާ ކޮޓަރިއަށް ވަތްއިރު އެމީހާ އޮތީ ބިންމައްޗަށް ވެއްޓިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެމީހާ ބިންމަތީގައި ވެއްޓިފައި އޮތްއިރު މަރުވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ