އާބަންކޯގެ ނަމުގައި ފޭކު ލިންކްތަކެއް ފޮނުވަމުން ދާތީ ސަމާލުވާން އެ ކުންފުނިން އިލްތިމާސްކޮށްފި އެވެ.
އާބަންކޯ އިން ބުނީ އެ ކޯޕަރޭޝަންގެ ނަމުގައި ސްކޭމް ކޯލްތަކާއި ޝައްކުކުރެވޭ ލިންކުތައް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ނަމަވެސް އެ ކޯޕަރޭޝަނުގެ ފަރާތުން މިފަދަ އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމަށާއި އަދި މިފަދަ މެސެޖްތަކާއި ލިންކުތަކަށް ސަމާލުވުމަށް އާބަންކޯ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އާބަންކޯގެ ނަމުގައި އާއްމުކޮށް ގުޅާ މެސެޖު ކުރަނީ އެ ކޯޕަރޭޝަނުގެ ފަރާތުން ދޫކުރާ ފްލެޓުތަކުން ފްލެޓެއް ލިބި، އެ ފްލެޓަށް ފައިސާ ދެއްކުމަށް ކަމަށް ބުނެއެވެ. މިފަދައިން ގުޅި ބައެއް ފަރާތްތަކުގެ އަތުން މަކަރާ ހީލަތުން ފައިސާ އަތުލާފައި އެބަހުއްޓެވެ


